logo

ގާޒީ ފަރުހާދާއި ފަނޑިޔާރު ނިޔާޒުގެ މައްސަލަ ބަލަނީ

ސައިފުﷲ އަލީ

19 މޭ 2025 - 15:59
ގާޒީ ފަރުހާދާއި ފަނޑިޔާރު ނިޔާޒުގެ މައްސަލަ ބަލަނީ

SHARE

ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާއި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ސުލޫކީ މައްސަލައެއް ބަލަން ކޮމިޝަނުން ފާސްކޮށްދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުމަށް އެ ކޮމިޝަނުގެ މައްސަލަ ބަލާ ކޮމިޓީން ތައްޔާރުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެ ދެ ފަނޑިޔާރުންނަކީ ޖޭއެސްސީގައި ވެސް ހިމެނިވަޑައިގަންނަވާ ދެ މެންބަރުންނެވެ.

"ނުކުތާ"އަށް އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުންނާ ގުޅޭގޮތުން ބެލެންހުރި ސުލޫކީ މައްސަލަތަކުގެ މައުލޫމާތު އެ ކޮމިޓީން އަންނަނީ އެއްކުރަމުންނެވެ. އަދި ވަރަށް އަވަހަށް އެ މައްސަލަތައް ބެލުމާ މެދު ގޮތެއް ނިންމަން ޖޭއެސްސީގެ ޖަލްސާއަށް ހުށަހަޅާނެކަން ވަނީ އެނގިފައެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ފަނޑިޔާރު ނިޔާޒް އައްޔަން ކުރައްވާފައިވަނީ 11 މެއި 2022 ގައެވެ. އަދި ސިވިލް ކޯޓު ގާޒީ ފަރުހާދު އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރައްވާފައިވަނީ 8 ސެޕްޓެންބަރު 2024 ގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާ ގުޅޭގޮތުން ނެގި ވޯޓުގައި އެ ދެ ބޭފުޅުން ވެސް ވަނީ އެކަން ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/