logo

މުހަންމާ އާއި ވަޖީހާއި މުއާޒު ޕީއެންސީގެ ސެނެޓަށް

މުހަންމާ އާއި ވަޖީހާއި މުއާޒު ޕީއެންސީގެ ސެނެޓަށް

SHARE

ޕީޕީއެމްގެ ސެނެޓަރުންގެ ގޮތުގައި ކުރިން ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީއެންސީއަށް ސޮއިކުރި ބޭފުޅުންނަށް އެ ޕާޓީގެ ސެނެޓް މެންބަރުކަން ދީފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެ ޕާޓީއާ އެ މެންބަރުން ގުޅުމަށް ރޭ ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ސޮއިކުރި ޕީޕީއެމްގެ ސެނެޓް މެންބަރުން ޕީއެންސީގެ ސެނެޓަށް އައްޔަންކުރަން ރޭ ވަނީ ފާސްކޮށްފައެވެ.

އޭގެތެރޭގައި ހިމެނިވަޑައިގަންނަވަނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި އެމްޕީއެލްގެ ކުރީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމާއި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު ހިމެނިވަޑައިގަންނަވައެވެ.

undefined

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން ނިންމީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ދެވަނަ ދުވަހުއެވެ. އިލެކްޝަންގެ ދަފްތަރުން ޕީޕީއެމް އުނިކުރީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

undefined

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 60،000އަށް ވުރެ ގިނަ މެންބަރުން ޕީއެންސީގައި އެބަތިއްބެވެ.

/
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/