logo

ކޮރަޕްޝަންގައި ވަނީ ތަޅުއަޅުވާފައި، ތަޅުދަނޑި އޮތީ އަބްދުއްރަހީމްގެ އަތުގައި: މެންބަރުު ޝާހިދު

ފާތިމަތު މިޝްކާ

28 މޭ 2025 - 10:08
ކޮރަޕްޝަންގައި ވަނީ ތަޅުއަޅުވާފައި، ތަޅުދަނޑި އޮތީ އަބްދުއްރަހީމްގެ އަތުގައި: މެންބަރުު ޝާހިދު

SHARE

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ކޮރަޕްޝަންގައި ވަނީ ތަޅުއަޅުވާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކިތަންމެ ގިނައިން ކޮރަޕްޝަނޭ ކިޔަސް މި ސަރުކާރުގައި ކޮރަޕްޝަން ހިންގުމަކީ ލާހިކު ކަމެއް ނޫން ކަމަށެވެ.

"ދެން ވަރަށް ގިނައިން ވިދާޅުވާނެ ކަރަޕްޝަނޭ. މި ސަރުކާރު އައި ފަހުން ކަރަޕްޝަން އޮންނާނީ ތަޅުލާފަ. ތަޅުލާފަ އޮންނާނީ. ލާހިކެއް ނޫން ހިންގާކަށް. ނުހިންގޭނެ. ނުހިންގާ އެއްޗެއްގެ ވާހަކަ ނުދެއްކޭނެ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ކޮރަޕްޝަން ހުއްޓުވާފައި ކަމަށާއި އެ ތަޅުދަނޑި އޮތީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް މުއިއްޒަކީ ދުވަހަކު ވެސް އަނިޔާވެރިވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ޝަރުއީ ދާއިރާއަށް ވެސް ނުފޫޒު ނުފޯރުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

"ކޯޓުތަކަށް އަތެއް ނުބާނާނަމޭ. ދެން މިހެން ބުނީމަ ބުނާނެ ފައި ބާނައިފި އޭ. ފައިވެސް ނުބާނާނެ. ފަޔެއްވެސް ނުބާނާނެ،" ޝާހިދު ވިދާޅުވިއެވެ.

ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އެކަމުގެ ޒިންމާ ނަންގަވަންޖެހޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/