
SHARE
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތިން ވަޒީރަކު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕީއެންސީއާ ގުޅިވަޑައިގަތީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އެ ބޭފުޅުން ކުރިން ތިއްބެވީ ޕީޕީއެމްގައެވެ.
ޕީއެންސީއާ ގުޅިވަޑައިގަތް ކަމުގެ އިގްރާރުގައި އެ ބޭފުޅުން ރޭ ވަނީ ސޮއިކުރައްވާފައެވެ.
.png&w=3840&q=75)
އެ ތިން ބޭފުޅުންގެ އިތުރުން ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ ރޭ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އޭގެތެރޭގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމާއި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލާއި އެމްއޭސީއެލްގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާނާއި ހޯމް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އަމާނީ މުހައްމަދު އާއި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމާއި ފެނަކަ ކޯޕަރޭޝަންގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފާއި ލޯކަލް ގަވާމެންޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އިސްމާއީލް ސުހައިލް ހިމެނިވަޑައިގަންނަވައެވެ.
އެ އެންމެންނަކީ ވެސް މީގެކުރިން ޕީޕީއެމްގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެ ޕާޓީ ވަނީ އުވާލާފައެވެ.