logo

ޑިވެލޮޕްމަންޓް ބޭންކުގެ ކުރީގެ ސީއީއޯ މުސާރަ ނުލިބިގެން ޓްރައިބިއުނަލަށް

މިރާޝް މޫސާ

16 މޭ 2025 - 03:52
ޑިވެލޮޕްމަންޓް ބޭންކުގެ ކުރީގެ ސީއީއޯ މުސާރަ ނުލިބިގެން ޓްރައިބިއުނަލަށް

SHARE

ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯ ކަމުން އިސްތިއުފާދެއްވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް މުސާރަ ނުލިބިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯ ކަމަށް ނޮއެލް އައްޔަންކުރީ އޮގަސްޓު 2024 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާދެއްވީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހުއެވެ.

"ނުކުތާ"އަށް އެނގިފައިވާގޮތުގައި މިދިޔަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު އޭނާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅުއްވާފައެވެ. ނޮއެލް އަކީ ބިދޭސީއަކަށް ވުމާއި އޭނާއަށް ދިވެހި ބަހުން ވާހަކަދައްކަން ނޭނގޭތީ، ތަރުޖަމާނަކު އައްޔަންކުރަން ދިން މުއްދަތުގައި އެކަން ކޮށްފައި ނުވުމުން ޓްރައިބިއުނަލުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސެންސް އެމްއެމްއޭ އިން ދޫކުރީ އޮކްޓޯބަރު 13، 2024ގައެވެ. އެ ބޭންކުގެ މަސައްކަތްތައް އަދި ފެށިފައެއްނުވެއެވެ.

ޑިވެލޮޕްމަންޓު ބޭންކަކީ ތަރައްގީގެ މަޝްރޫއުތަކަށް ދިގު މުއްދަތުގައި ދައްކައި ޚަލާސްކުރާ އުސޫލުން ފައިސާ ފޯރުކޮށްދޭ ތަނެކެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d