logo

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް އަމްޖަދު

އައިޝަތު ހިދާޔާ

21 ޖުލައި 2026 - 07:09
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް އަމްޖަދު

SHARE

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް، މ.ރަންދޫވިލާ، އަމްޖަދު މުސްތަފާ, ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އަމްޖަދު ، މި މަގާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ހަމީދެވެ. އަދި އަމްޖަދަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ.

ތައުލީމީ ގޮތުން ބަލާއިރު އަމްޖަދު ވަނީ ޝަރީޢާއިން ލޯ އިން ބެޗްލާސް ޑިގްރީއާއި، މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފައެވެ. މިއާއެކު، އޭނާ އަކީ ގާނޫނީ ދާއިރާއިންނާއި އާންމު ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ކުރައްވާފައިވާ، އަމްޖަދު ވަނީ، 2020 ވަނަ އަހަރު ވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައެވެ.

އޭނާ އެންމެ ފަހުން އަދާކުރެއްވި ވަޒީފާއަކީ ޖުޑިޝަރީގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ 20ވަނަ ދުވަހުއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d