ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުން މަހީރާ ވަކިކުރައްވައިފި
ސައިފުﷲ އަލީ

SHARE
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު މަހީރާ މުހައްމަދު އެ މަގާމުން ވަކިކުރައްވައިފިއެވެ.

އެ ޓްރައިބިއުނަލްގެ އޮފިޝަލަކު ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މެންބަރުން އައްޔަންކުރެއްވުމާއި ވަކިކުރެއްވުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
މަހީރާ އަކީ އެމްޑީޕީގައި މީގެކުރިން އިސްކޮށް ހަރަކާތްތެރިވި މުހައްމަދު މާހިރު އީސާގެ ދަރިކަނބަލެކެވެ. އޭނާ ޓްރައިބިއުނަލްގެ މެންބަރު ކަމަށް އައްޔަންކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
މީގެ ދެ އަހަރު ކުރިން، 15 އޭޕްރީލް 2024 ވަނަ ދުވަހު އެ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް އޭނާ އައްޔަންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މަހީރާ މަގާމުން ވަކިކޮށްފައިމިވަނީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަންކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އަމްޖަދު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ، ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އިސްހާގު ހުސައިން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.


