logo

ބްލޫ ޕްލެނެޓް އެލަޔަންސްގައި ރަސްމީކޮށް ރާއްޖެއިން ބައިވެރިވެއްޖެ

މިރާޝް މޫސާ

20 މޭ 2025 - 08:02
ބްލޫ ޕްލެނެޓް އެލަޔަންސްގައި ރަސްމީކޮށް ރާއްޖެއިން ބައިވެރިވެއްޖެ

ބްލޫ ޕްލެނެޓް އެލަޔަންސްގައި ރަސްމީކޮށް ރާއްޖެއިން ބައިވެރިވެއްޖެ--

SHARE

ބްލޫ ޕްލެނެޓް އެލަޔަންސް (ބީޕީއޭ) ގެ ރަސްމީ މެންބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ، އެ އިއްތިހާދާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހަވާއީގެ ހޮނޮލޫލޫގައި ކުރިއަށްދާ ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމްގެ ތެރެއިން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. އަދި ބްލޫ ޕްލެނެޓް އެލަޔަންސްގެ ފަރާތުން ސޮއިކުރެއްވީ އެ އިއްތިހާދުގެ ބާނީ، ހޭންކް ރޮޖާޒްއެވެ.

މި އެއްބަސްވުމުގައި، އިއާދަކުރަނިވި ހަކަތައިގެ މުހިންމުކަން ފާހަގަކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ އޮނިގަނޑުގެ ތެރެއިން އިއާދަކުރަނިވި ހަކަތައިގެ އަމާޒުތަކަށް ވާސިލްވުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ. އަދި ދެ ފަރާތުން ގުޅިގެން އިއާދަކުރަނިވި ހަކަތަ ކުރިއަރުވައި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް މަސައްކަތްކުރުމަށްވެސް އެއްބަސްވެފައިވެއެވެ.

ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން، ނާއިބު ރައީސް ވަނީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ހާއްސަ ނާޒުކުކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ އެންމެ ކުރީސަފުގައި ދެމި ތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ "ތާޑް ނެޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން" (އެން.ޑީ.ސީ) އާއި "2024-2033 އެނާޖީ ރޯޑްމެޕް" ގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މި ޕްލޭންގައި 2028 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފެއްދުމަށް އަމާޒު ކަނޑައަޅާފައިވާކަމަށް ވިދާޅުވިއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤައުމީ އެޖެންޑާގެ މައިގަނޑު އަސާސެއްކަމުގައި ބަޔާންކުރެއްވިއެވެ.

/

ނައިބު ރައީސް މިހާރު އެމެރިކާގެ ހަވާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ބްލޫ ޕްލެނެޓް އެލަޔަންސްގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ހަވާއީގައި ކުރިއަށްދާ ބީޕީއޭ ފެލޯޝިޕް ޕްރޮގްރާމްގައި ސަރުކާރު އޮފީސްތަކާއި ޔުޓިލިޓީ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެލައްވައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/