ރައްޔިތުން ރައީސަށް ކުރައްވާ އިތުބާރު ޖަލީލަށްވެސް ކުރައްވަން ޖެހޭ: ނައިބު ރައީސް
.jpg&w=3840&q=75)
ހާއިމް އަހްމަދު ހާޝިމް

މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ވަގުތު އޮންލައިން
SHARE
ރާއްޖޭގެ ރައްޔިތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކުރައްވާ އިތުބާރު، މާލެ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ މޭޖާ ޖެނެރަލް ރިޓާޔާޑް މޫސާ އަލީ ޖަލީލަށް ކުރައްވަން ނައިބު ހުސައިން މުހައްމަދު ލަތީފް އެދިވަޑައިގަންނަވައިފިއެވެ.

ނައިބު ރައީސް މިހެން އެދިވަޑައިގެންނެވީ، މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ މޫސާ އަލީ ޖަލީލުގެ ހިދުމަތާއި ގައުމުދެކެ ވާ ލޯތްބާއި ދޭތެރޭ އެއްވެސް ޝައްކެއް ނުކުރައްވާކަމަށެވެ.
އަދި ރައްޔިތުންގެ ސުލްހަ މަސަލަސްކަމާއި އަމާންކަން ނެގެހެއްޓުމަށް މޫސާ އަލީ ޖަލީލު ކުރައްވާނެ މަސައްކަތާ ދޭތެރޭވެސް އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ތަރައްގީގައި ރައީސް މުޢިއްޒުގެ އަރިހުގައި އެ މަނިކުފާނުގެ ސްޕީޑުގައި މަސައްކަތް ކުރެއްވުމާއި ދޭތެރޭ ވެސް މޫސާ އަލީ ޖަލީލަށް ޝައްކެއް ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މާލެ ސިޓީއަށްވެސް އެ މަނިކުފާނު ގެންގުޅުއްވި ތަސައްވުރުގައި ކުލަ ޖައްސާނެ ފަދަ ވެރިއެއް މާލެ ސިޓީން ހޮއްވަވައިދެއްވުމަށް، އެއީ އަޅުގަނޑު މި ދަންނަވާ ވެރިއަކީ - ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

މީގެ އިތުރުން ނައިބު ރައިސް ވިދާޅުވީ ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ބޭނުންވަނީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ކަންކަން މަގުފަހި ކޮށްދޭނެ ވެރިންތަކެއްކަމަށެވެ.
އެގޮތުން، ރައީސް މުޢިއްޒުގެ ތަސައްވުރުގައި ކުލަޖައްސުވައިދެއްވުމަށް މާލެ ސިޓީގެ މޭޔަރު ކަމަށް މޫސާ އަލީ ޖަލީލު ހޮއްވަވައިދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.





