logo

ނައިބު ރައީސް ވޯޓު ލައްވައިފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

4 އޭޕްރީލު 2026 - 08:10
ނައިބު ރައީސް ވޯޓު ލައްވައިފި

SHARE

ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުޙައްމަދު ލަތީފް ވެސް މިއަދުގެ އިންތިހާބުގައި ވޯޓުލައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު ކުރިއަށްދަނީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓެވެ. މި އިންތިޚާބުތަކުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، ވޯޓުލާ މީހުންނަށް އޮޅުން ނުއަރާނެހެން ވޯޓު ކަރުދާސްތަކާއި ފޮށިތައް ވަނީ ތަފާތުކޮށްފައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކަރުދާހުގެ ފަހަތުގައި ދާއިރާގެ ނަމާއި ކޯޑު ހިމަނާފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކަރުދާހުގައި ޚާއްޞަ ކުލަ ބޯޑަރެއް އަދި ޚިޔާލު ހޯދުމުގެ ވޯޓު ކަރުދާހުގައި އެކަން އެނގޭނެހެން ނަން ލިޔެފައިވާ ބޯޑަރެއް ހިމަނާފައިވެއެވެ.

ވޯޓު ފޮށިތައް ވަކިކުރުމަށްޓަކައި ބޭނުންކޮށްފައިވަނީ ކުލަ ލޭބަލްތަކެވެ. އެގޮތުން އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު ފޮއްޓަށް ހުދު ކުލަ، ކައުންސިލް އިންތިޚާބުގެ ފޮއްޓަށް ނޫ ކުލަ، އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ވޯޓު ފޮއްޓަށް ފެހި ކުލައިގެ ލޭބަލެއް ވަނީ ހަރުކޮށްފައެވެ.

ވޯޓުލުން ނިމުމާއެކު، މިއަދު ހަވީރު 4:30 ގައި ވޯޓު ގުނަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. ނަތީޖާ އިޢުލާނު ކުރުމުގައި އިސްކަންދޭނީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނަތީޖާތަކަށެވެ. އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އިޢުލާނު ކުރާނީ އޭގެ ފަހުންނެވެ.

/

މި އިންތިހާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ވަރަށް ހެނދުނާ ވޯޓު ދެއްވާފާއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/