logo

ހިޔާ ޓަވަރު ދޭއްގައި އަލަށް ހަރުކުރި ލިފްޓް ބޭނުންކުރަން ފަށައިފި

މިރާޝް މޫސާ

28 މޭ 2025 - 09:52
ހިޔާ ޓަވަރު ދޭއްގައި އަލަށް ހަރުކުރި ލިފްޓް ބޭނުންކުރަން ފަށައިފި

SHARE

ހިޔާ ޓަވަރު ދޭއްގައި ހަރުކުރި އަލަށް ހަރުކުރި ލިފްޓް މިދިޔަ ހޯމަ ދުވަހު ބޭނުންކުރަން ފަށައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ހިޔާ ޓަވަރު އެކަކާއި ދޭއްގެ އިތުރުން ތިނެއްގައި އާ ލިފްޓުތައް ހަރުކޮށް މިދިޔަ އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހު ވަނީ ޓެސްޓްކުރަން ފަށާފައެވެ.

އެޗްޑީސީގެ އޮފިޝަލަކު "ނުކުތާ"އަށް ވިދާޅުވީ ޓަވަރު އެއްކެއްގައި ހަރުކުރި ލިފްޓް ވެސް ވަރަށް އަވަހަށް ބޭނުންކުރަން ފެށޭނެ ކަމަށެވެ.

އެކި މަރުހަލާތަކަކަށް ބަހާލައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ހިޔާގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓްތައް ހަރުކޮށް މި އަހަރު ނިންމާނެ ކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ ދީފައެވެ.

ރައީސްގެ ވައުދާ އެއްގޮތަށް ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހުއެވެ. އެއީ 16 ޓަވަރު ހިމެނޭހެން ޖުމްލަ 32 ލިފްޓެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ލިފްޓްތައް ހަރުކޮށް ނިމުމުން ހިޔާ ފްލެޓްތަކުގެ ލިފްޓަށް ބާރުބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާ ހަވާލުކޮށްގެންނެވެ. އެއީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗާ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. 14 މީހުންގެ ޖާގައިގެ މި ލިފްޓުތަކުގައި ލޮލަށް ފެނުމުން މަ މަހުރޫމްވެފައިވާ މީހުންނަށް އެނގޭނެހެން ފްލޯ ނަމްބަރު ބްރެއިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/