އެންމެން މިރޭ ދާންވީ ހުޅުމާލޭގައި އޮތް އީދު ހުޅު ރޯކުރުން ބަލާލަން
މިރާޝް މޫސާ

SHARE
މި އަހަރުގެ އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުން ފެށުމުގެ ގޮތުން ހުޅުމާލޭގައި މިރޭ އީދު ހުޅު ރޯކުރުމުގެ ހަރަކާތެއް ކުރިއަށްގެންދަން އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ މިރޭ 20:30 ގައި ހުޅުމާލެ ރުއްގަނޑު އެކެއްގައި އަދި 21:00 ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޗެނަލް ބީޗްގައި ވެދުމާ ދިޔުމާއި އީދު ހުޅު ރޯކޮށް ބޮޑުބެރުގެ ހަރަކާތެއް ކުރިއަށްދާނެ ކަމަށެވެ.
އީދު ނަމާދަށް ފަހު ހުޅުމާލޭ ކްރިކެޓް ސްޓޭޑިއަމްގައި އުޟްހިޔާ ކަތިލުމާއި އީދު ބޮނޑިބަތް ހަރަކާތް އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ ހުޅުމާލެ ރުއްގަނޑު އެކެއްގައި މާދަމާ 16:00 އިން 17:00 އަށް ވޯޓާ ސްޕޯޓްސް އިވެންޓެއް އޮންނާނެ ކަމަށެވެ.
މީގެއިތުރުން މާދަމާއިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކުޑަކުދިންގެ ހަވީރެއް ހުޅުމާލެ ސެންޓްރަލް ޕާކާއި ހިޔާ ޕާކުގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.
.png&w=3840&q=75)
ގައުމީ ފެންވަރުގައި މި ފަހަރު އީދު ފާހަގަކުރަން ސަރުކާރުން ނިންމާފައިވާ ރަށްތަކަކީ ލ. ގަމާއި، ކ. ގުރައިދޫ އަދި ހއ. ކެލާއެވެ.
އީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ކުރިއަށްގެންދާއިރު، އިސްލާމީ ހަމަތަކާއި އާންމު އިޖުތިމާއީ މިންގަނޑުގެ ތެރެއިން ކުރިއަށްގެންދަން އެލްޖީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.