SHARE
މޫސުން ގޯސް ވިޔަސް ކަނޑުދަތުރު ކުރެވޭ ވަރު ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މި އަހަރުގެ އީދު ބަންދާ ދިމާކޮށް ވިއްސާރަ ވާނެ ކަމަށާއި, ނަމަވެސް ވިއްސާރައިގައި ކަނޑުދަތުރުތައް ނުކުރެވޭ ވަރަށް ގަދަވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.
އަދި އެ ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަަކަށް ކޮންމެ ވެސް ވަރަކަށް ވިއްސާރަ ކުރާނެ ކަމަށް މަޓުން ވަނީ ލަފާ ކޮށްފައެވެ. އެގޮތުން މުޅި ރާއްޖެއަށް އާންމުކޮށް 10 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.
އާންމުކޮށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެތީ ފުލުހުންނާއި, މެޓު އޮފީހުން.ވެސް ވަނީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސް ކުރައްވާފައެވެ.
މި އަހަރުގެ ބޮޑު އީދު ވާނީ މިއަންނަ ހުކުރު ދުވަހަށެވެ.
.png&w=3840&q=75)