SHARE
މި ފެށޭ ހަފްތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކޮށް ވަރަށް ބޮޑަށް ކަނޑުގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ބުނީ މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ހުޅަނގު މޫސުމުގެ ބާރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ގަދަވާނެ ކަމަށެވެ. އެހެން ކަމުން މި މުއްދަތުގައި ވަރަށް ގަދަޔަށް ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.
އެ ގޮތުން ވައިގެ ބާރުމިން ގަޑިއަކު 13 މޭލާއި، 23 މޭލާ ދެމެދަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި، 45 މޭލާ ދެމެދަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
އަދި، ދިޔަ ބޮޑުވާ ގަޑިތަކުގައި އުދައަރާފާނެ ކަމަށް ސަމާލުވުމަށް ވެސް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.