މިއަދާއި މާދަމާ ވެސް މޫސުން ގޯސް، ބޯކޮށް ވާރޭ ވެހި ކަނޑުތައް ގަދަވާނެ!

މަރްޔަމް މާޙީ

ފޮޓޯ: ވޮއިސް
SHARE
މިއަދާއި މާދަމާ ވެސް މޫސުން ގޯސްވެ, ކަނޑުތައް ގަދަ ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފިއެވެ.

މިއަދު މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު)ން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ރ. އަތޮޅުން މ. އަތޮޅަށް ހެނދުނު 11:30އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ. އަދި މިއާއެކު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވާރޭ ވެހޭނެ ކަމަށާއި, ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަަމަށް މެޓުން ވަނީ ބުނެފައެވެ.
އަދި ހުޅަނގު ދެކުނާއި ހުޅަނގުން, ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މެލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި, އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާ ކުރެއެވެ. އަދި ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ރާޅުގެ އުސްމިން ހުންނާނެކަމަށް މެޓުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިއަދު ހެނދުނު ވެސް ށ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް މެޓުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިއްޔެ ވަނީ ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް އިއުލާނެއް ނެރެފައެެވެ. އެގޮތުން މެޓުން ބުނީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަ ވާނެ ކަމަށް ލަފާކުރެވޭތީ މި ދެދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށް ތަަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށްފައެވެ.
.png&w=3840&q=75)
އަދި މި ވިއްސާރައިގައި ހާއްސަކޮށް މެދުރާއްޖެތެރެއާއި, އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މެޓު އޮފީހުން ވަނީ މިއަދާއި މާދަމާ މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް, ކަނޑު ދަތުރު ކުރައްވާ އެންމެހާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސް ކުރައްވައިފައެވެ.