logo

ދަ ގާޑްންސް' ފްލެޓުތައް ނިންމަން އާރްސީސީއާ ހަވާލުކޮށްފި

މިރާޝް މޫސާ

3 ޖޫން 2025 - 14:24
ދަ ގާޑްންސް' ފްލެޓުތައް ނިންމަން އާރްސީސީއާ ހަވާލުކޮށްފި

'ދަ ގާޑްންސް' ފްލެޓްތައް

SHARE

ވިޔަފާރިވެރިޔާ ޖައުފަރު އީސާ އާދަމްގެ އާއިލީ ކުންފުނި، ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި 'ދަ ގާޑްންސް' ފްލެޓުތަކުގެ މަސައްކަތް ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެޗްޑީސީގެ އޮފިޝަލަކު "ނުކުތާ"އަށް ވިދާޅުވީ އާރްސީސީއާ އެ މަސައްކަތް ހަވާލުކުރީ ފަހު ފުރުސަތު ދިނުމުން ވެސް ޖާހު ކުންފުނިން އެ މަސައްކަތް ނިންމާފައިނުވާތީ ކަމަށެވެ.

2017 ވަނަ އަހަރު އިމާރާތްކުރަން ފެށި އެ ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ ފްލެޓަށް ފައިސާ ދެއްކި މީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އެގޮތުން މީގެކުރިން އެ މީހުން ވަނީ އެކަމާ ގުޅިގެން މުޒާހަރާ ވެސް ކޮށްފައެވެ. އަދި ރައީސް އޮފީހާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފައިވެއެވެ.

ޖާހު ކުންފުންޏަށް އެޗްޑީސީން ފަހުގެ ނޯޓިސް ދިނީ މިދިޔަ ޖެނުވަރީ މަހުގެ 27 ވަނަ ދުވަހުއެވެ. 45 ދުވަސް ތެރޭ މަސައްކަތް ނުނިންމައިފިނަމަ އެއްބަސްވުން ބާތިލްކޮށް، އެ ކުންފުނީގެ އަތުން އެ މަޝްރޫއު އަތުލާނެކަން އެ ނޯޓިސްގައި އަންގާފައިވެއެވެ.

ނޯޓިހާ އެއްގޮތަށް އަމަލުނުކުރުމުން އެއްބަސްވުން ބާތިލުކުރީ މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހުއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/