logo

ސިންގަޕޫރަކީ ދިވެހިން ތަރައްގީ ތަސައްވުރު ކުރުމުގައި ނަމޫނާއަކަށް ބަލާ ގައުމެއް: ރައީސް

މިރާޝް މޫސާ

30 ޖޫން 2025 - 19:16
 ސިންގަޕޫރަކީ ދިވެހިން ތަރައްގީ ތަސައްވުރު ކުރުމުގައި ނަމޫނާއަކަށް ބަލާ ގައުމެއް: ރައީސް

SHARE

ސިންގަޕޫރަކީ ދިވެހިން ތަރައްގީ ތަސައްވުރު ކުރުމުގައި ނަމޫނާއަކަށް ބަލާ ގައުމެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރާ މިމުނާސަބު ވަގުތާ ދިމާކޮށް އެ ގައުމަށް ކުރައްވާ މިދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ސިޔާސީ ގުޅުން ގާއިމްވުމުގެ މާކުރިންވެސް ދިވެހި ދަތުރުވެރިންނަށް ސިންގަޕޫރަކީ މުހިންމު މަންޒިލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފާއިތުވި ދިގު މާޒީގައި އެ ގުޅުންތައް އިތުރަށް ބަދަހިވެ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގައި ސިންގަޕޫރަކީ މުހިއްމު ބައިވެރިއެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާއި 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ސިންގަޕޫރުން ދީފައިވާ އެހީތެރިކަން އެމަނިކުފާނު ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ހުޅުމާލޭގައި އެންމެ ފުރަތަމަ ބިނާކުރި ސްކޫލް ކަމަށްވާ ޣާޒީ ސްކޫލަކީވެސް އެ ގައުމުގެ އެހީތެރިކަމާއެކު ތަރައްގީކޮށްފައިވާ ސްކޫލެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ރައީސްގެ ވާހަކަފުޅުގައި ސިންގަޕޫރަކީ ދިވެހިން ތަރައްގީއާއި ތަމައްދުން ތަސައްވުރު ކުރުމުގައި މިސާލު ނަގާ ގައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެ ގައުމުން ލިބެން ހުރި ސިއްހީ އަދި ތައުލީމީ ޚިދުމަތްތައް ހޯދާފައިވާ ދިވެހީންގެ ޖީލެއް ގައުމަށް ޚިދުމަތް ކުރަމުން އަންނަކަން އުފަލާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ވިދާޅުވީ، ދެ ގައުމުން އެއް ގައުމު އަނެއް ގައުމުގެ ތަޖުރިބާތައް ބަލައިގަންނަން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ފަތުވެރިކަމުގެ ދާއިރާގައި ބައިނަލްއަގްވާމީގޮތުން ފާހަގަކޮށްލެވޭ ގައުމަކަށްވާއިރު، ސިންގަޕޫރަކީ ވިޔަފާރިއާއި މާލީދާއިރާގައި ކުރިއެރުން ހޯދާފައިވާ ގައުމެއްކަމުން މިދާއިރާތަކުން ދެ ގައުމުން ގުޅިގެން މަސައްކަތްކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/