އައްޑޫ އަދި ފުވައްމުލަކުގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ފަށައިފި

މަރްޔަމް މާޙީ
3 ޖުލައި 2025 - 13:47

ފޮޓޯ: ޑީއެންއާރު
SHARE
އައިޑީ ކާޑު ޕްރިންޓިން ހިދުމަތް އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ.

ޑިޕާޓުމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދުން ފެށިގެން އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް މި ދެ ސިޓީ އިން ލިބޭނެ ކަމަށެވެ.
އެގޮތުން އައްޑޫ ސިޓީގެ ހުޅުދޫ އަދި ހިތަދޫ އިން ވެސް މި ހިދުމަތް ލިބިގެންދާނެއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށަކުން އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދުފުޅު ފުރިހަމަ ކުރުމަށް ޓަކައި ސަރުކާރުން އަންނަނީ ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ 23 ރަށެއްގައި އައިޑީކާޑު ޕްރިންޓުކުރުމުގެ ހިދުމަތް ވަނީ ފަށައިފައެވެ.
.png&w=3840&q=75)