logo

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު ސިޓީއަކަށް ފަށަނީ

ފާތިމަތު މިޝްކާ

7 ޖުލައި 2025 - 09:38
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު ސިޓީއަކަށް ފަށަނީ

މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާ ބޯޓެއް --- ފޮޓޯ: މިހާރު

SHARE

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު ސިޓީއަކަށް މިއަދު ފަށާނެ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް އިން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޝެންޒެންއަށެވެ. މި ދަތުރުތައް ފަށާނީ މިރެއެވެ.

މޯލްޑިވިއަނުން ދަނީ އެ ކުންފުނީގެ ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މޯލްޑިވިއަނުން ވަނީ ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ފަށާފައެވެ. އެއީ ޗެންޑޫ، ބެއިޖިން އަދި ޝެންހާއީއަށެވެ.

ޝެންޒެންއަށް މޯލްޑިވިއަނުން ފަށަނީ ސީޒަނަލް ދަތުރުތަކެކެވެ. އެގޮތުން 21 އޮގަސްޓާ ހަމައަށް ހަފްތާއަކު އެއް ދަތުރު ކުރާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ މަންޒިލްތަކަށް ފަށާފައިމިވަނީ ޖެނުއަރީ މަހު އެ ކުންފުނީގެ ފްލީޓަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓާ އެކުގައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އެ ކުންފުނިން އަންނަނީ މިއަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 148،951 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މޯލްޑިވިއަނުން ޗައިނާގެ މާކެޓް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދާދިފަހުން ވަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޓްރެވަލް ސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމާ ރަސްމީކޮށް ގުޅިފައެވެ. މިއީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދޭ، ޗައިނާގެ ކުންފުންޏެކެވެ.

މީގެ މައިގަނޑު މަގްސަދަކީ ޗައިނާގެ ޓްރެވަލް އެޖެންޓުންނަށާއި ބައިނަލްއަގްވާމީ ޕާޓްނަރުންނަށް މޯލްޑިވިއަންގެ ޚިދުމަތްތައް ފަސޭހައިން ލިބެން ހުރުމާއި، ޓިކެޓް ހޯދުމުގެ ފަސޭހަކަން އިތުރުކުރުންކަމަށް އައިލެންޑް އޭވިއޭޝަން އިން ބުންޏެވެ.

/

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/