logo

މޯލްޑިވިއަން އިން އަންނަ ހަފުތާގައި ކަމަދޫއަށްް ސީޕްލޭން ދަތުރުތައް ފަށަނީ

މަރްޔަމް މާޙީ

މަރްޔަމް މާޙީ

3 ސެޕްޓެމްބަރު 2025 - 06:38
މޯލްޑިވިއަން އިން އަންނަ ހަފުތާގައި ކަމަދޫއަށްް ސީޕްލޭން ދަތުރުތައް ފަށަނީ

SHARE

މޯލްޑިވިއަން އިން އަންނަ ހަފުތާގައި ބ. ކަމަދޫއަށްް ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މޯލްޑިވިއަނާއި ހޯކްސް ހޮޓެލްސްއާ ދެމެދު އެއްބަސްވުމުގެ ދަށުން ކަމަދުއަށް ސީޕްލޭން ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިދިޔަމަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ފަތުރުވެރިކަން ކުރިއަރަމުން އަންނަ ކަމަދުއަށް ސީޕްލޭން ދަތުރު ކުރާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހުކުރު ދުވަހުގައި ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

މާލެ އިން ކަމަދުއަށް ސީޕްލޭން ޓިކެޓެއްގެ އަގު އުޅެނީ 1199 ރުފިޔާއަށެވެ.

މިކަމާ ގުޅިގެން ރައީސް ޑރ މުހައްމަަދު މުއިއްޒު ވިދާޅުވީ ސީޕްލޭންގެ ހިދުމަތް ފެށިގެންދިއުމަކީ ލޯކަލް ޓޫރިޒަމް ތަރައްގީވެ އިގްތިސާދަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުންނަށް މިކަމާ ގުޅިގެން ރައީސް ވަނީ މަރުހަބާ ދަންނަވާފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/