logo

އައިލެންޑް އޭވިއޭޝަން އައު އިމާރާތުގެ ބިންގާ އަޅައިފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

8 ސެޕްޓެމްބަރު 2025 - 18:20
އައިލެންޑް އޭވިއޭޝަން އައު އިމާރާތުގެ ބިންގާ އަޅައިފި

ފޮޓޯ: ޕީއެސްއެމް

SHARE

އައިލެންޑް އޭވިއޭޝަންގެ އައު އިމާރާތުގެ ބިންގާ އިއްޔެ އަޅައިިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެކަމަށް ޓަކައި ހާއްސަކޮށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނާއި، ހައުސިން މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދާއި، އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސްއާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް އަދި ކުންފުނީގެ ބޯޑު މެމްބަރުންނެވެ.

އައު އިމާރާތް އަޅަނީ ކުރިންވެސް އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފީސް ހިންގި، މާފަންނު ކޮޅު މަޖީދީމަގާއި ބޮޑުތަކުރުފާނު ގުޅޭ ކަންމަތީގައި އޮންނަ އެކުންފުނީގެ ބިމުގައެވެ.

ބޮޑުމިނުގައި 4745 އަކަފޫޓު ހުންނަ މި އިމާރާތުގައި ބޭސްމެންޓް ހިމެނޭހެން ޖުމްލަ 12 ފަންގިފިލާއެއް ހުންނާނެއެވެ. ބޭސްމެންޓް ހާއްސަ ކުރެވޭނީ މުވައްޒަފުން ވެހިކަލް ޕާކް ކުރުމަށް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/