logo

ސްރީލަންކާގެ ރައީސް ސަލްޓަން ޕާކްގައި މޫނިމާ ގަހެއް އިންދަވައިފި

ފާތިމަތު މިޝްކާ

30 ޖުލައި 2025 - 13:20
ސްރީލަންކާގެ ރައީސް ސަލްޓަން ޕާކްގައި މޫނިމާ ގަހެއް އިންދަވައިފި

SHARE

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ގަހެއް ސަލްޓަން ޕާކްގައި އިންދަވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ގަހެއް އިންދަވައިދެއްވީ ރައސް ޑރ. މުޙައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނު މި ގަސް އިންދަވައިދެއްވާފައިވަނީ އެކަމަށްޓަކާ މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ލަންކާގެ ރައީސްގެ އަރިހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަތެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް މުއިއްޒު އިއުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ވަނީ ސަލްޓަން ޕާކްގައި މޫނިމާ ގަހެއް އިންދަވާފައެވެ.

undefined

/

ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ފަސް މިލިޔަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސް އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ “ކޮޕް28″ގައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފަށްޓަވާފައި ވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 595000 ގަސް އިންދާފައިވާކަމަށް ސަރުކާރުން ބުންޏެވެ. މިއީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ނަމަވެސް މި ޕްރޮގްރާމުގެ ދަށުން 6.3 މިލިއަން ގަސް އިންދުމަށް އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ. އަދި މިއަހަރުގެ ނިޔަލަށް ދެ މިލިއަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެކެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގައި އިސްކަން ދީފައި ވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާކަމަށް 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، މި ޕްރޮގްރާމްގައި އިންދުމަށް ވަނީ ހަމަޖެހިފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/