ލަންކާއަށް އެހީވާން ފުލުހުންނާއި ސިފައިން ދެއްކީ ނަމޫނާ: ޖުމުލަ 3 މިލިއަން ރުފިޔާ ހަދިޔާކޮށްފި
ސައިފުﷲ އަލީ

SHARE
އަވަށްޓެރި ސިލޯނަށް އެރި ތޫފާނުގައި އެ ގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހީންގެ ފަރާތުން އެހީވުމަށް ކުރިއަށް ގެންދިޔަ "ސިލޯނާ އެކު ދިވެހިން" ޓެލެތޯނަށް ސިފައިންނާއި ފުލުހުންގެ ފަރާތުން ތިން މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

މި ޓެލެތޯނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. ފުލުހުންގެ ފަރާތުން ޖުމުލަ 2.4 މިލިއަން ރުފިޔާގެ އެހީއެއް ވަނީ މި ޓެލެތޯނަށް ހަދިޔާކޮށްފައެވެ. އަދި ދެވަނައަށް އެންމެ ބޮޑު އަދަދެއް ހަދިޔާކުރީ ދިވެހި ސިފައިންނެވެ. ޖުމުލަ އެއް މިލިއަން ރުފިޔާ ވަނީ ސިފައިންގެ ފަރާތުން ހަދިޔާކޮށްފައެވެ.

ޕީއެސްއެމުން އިންތިޒާމުކޮށްގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯނުގައި މިހާތަނަށް ޖުމްލަ 11 މިލިއަން ރުފިޔާ އާއި 43،631.31 ޑޮލަރު ވަނީ އެކައުންޓުތަކަށް ލިބިފައެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި ވޯޓު ފޮށިތަކަށް ލިބުނު ފައިސާ ވެސް މިހާރު އަންނަނީ ގުނަމުންނެވެ.

ތޫފާނުގައި ލަންކާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން ދިވެހި ސަރުކާރުން ވެސް ވަނީ 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ނިންމައިފައެވެ.
މިފަދަ ކޮންމެ ކަމެއްގައި ވެސް ދިވެހި ސިފައިންނާއި ފުލުހުންނަކީ ނަމޫނާ ދައްކާ މުއައްސަސާތަކެކެވެ.





