logo

ލަންކާ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ

ހާއިމް އަހްމަދު ހާޝިމް

ހާއިމް އަހްމަދު ހާޝިމް

1 ޑިސެމްބަރު 2025 - 13:42
ލަންކާ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ

ޓެލެތޯން ކުރިއަށް ދިޔަ ވަގުތު ރުފިޔާ ހަދިޔާ ކުރައްވަނީ--

SHARE

ތޫފާން ދީތުވާގައި ހާލުގައި ޖެހުނު ސްރީ ލަންކާގެ ރައްޔުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯން ކާމިޔާބުކަމާ އެކީ ނިންމާލާ 11.5 މިލިއަން ރުފިޔާ ރާއްޖެއިން ލަންކާއަށް ހަދިޔާކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިއްޔެގެ ހެނދުނު 9:00 ން ފަށައިގެން މިއަދުގެ މެންދުރުފަހުގެ 2:00 ޖެހުމާހަމައަށް ކުރިއަށް ގެންދެވުނު ޓެލެތޯން ނިމުނު އިރު 10،892،357.83 ރުފިޔާ އަދި 43،631.31 ޑޮލަރު ވަނީ ލިބިފައެވެ. މި އަދަދަކީ ޖުމްލަ 11.5 މިލިއަން ރުފިޔާއެވެ. ނަމަވެސް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ފަންޑު ފޮށިތައް ގުނާ ނިމުމުން މި އަދަދު އަދި އިތުރުވާނެއެވެ.

މި ޓެލެތޯންގައި 37 މީޑިއާއެއްވަނީ ބައިވެރިވެފައެވެ. މި ޓެލެތޯން ކުރިއަށް ގެންދިޔުމުގެ މައިގަނޑު ސަބަބަކީ ލަންކާ އަކީ ދިވެހީންނާ އެންމެ ކުރީއްސުރެވެސް ގާތް ގުޅުމެށް އޮންނަ ގައުމަކަށްވެފާ ރާއްޖޭގެ އަވަށްޓެރި ގަައުމަކަށް ވީތީ އެ ގުޅުން މުސްތަގުބްލުގައި ދެމެހެއްޓުމަށްށާއި، އަދި ލަންކާގެ ރައްޔިތުންނަށް މި ހިތްދަތި ދަނޑިވަޅުގައި ދީލަތި އެހީގެ އަތެއް ދިއްކޮށްލުމެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުންވެސް ވަނީ ލަންކާ ރައްޔިތުންނަށް 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާ ކުރުމަށް ނިންމާފައެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/