logo

ސްރީ ލަންކާއަށް އެހީވުމަށް ހާއްސަ ޓެލެތޯނެއް ފަށައިފި

މިރާޝް މޫސާ

30 ނޮވެމްބަރު 2025 - 08:16
ސްރީ ލަންކާއަށް އެހީވުމަށް ހާއްސަ ޓެލެތޯނެއް ފަށައިފި

ސިިލޯނާއެކު ދިވެހީން ޓެލެތޯން ފެށުން -- ފޮޓޯ/ ޕީއެސްއެމް

SHARE

ސްރީ ލަންކާއަށް އެރި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން، ދިވެހިރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން "ސިލޯނާ އެކު ދިވެހިން" ޓެލެތޯން މިއަދު ފަށައިފި އެވެ. ޕީއެސްއެމްއިން އިސްނަގައިގެން، ޖުމްލަ 26 މީޑިއާއެއް ބައިވެރިކޮށްގެން ކުރިއަށްގެންދާ މި ޓެލެތޯނުގެ މަޤްސަދަކީ ތޫފާނުގެ ގެއްލުން ލިބުނު ލަންކާގެ ރައްޔިތުންނަށް ދިވެހިންގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ޚާއްސަ ޓެލެތޯން މިއަދު ހެނދުނު 9:00 އިން ފެށިގެން މިރޭ މެންދަމު 1:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ. ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި ވަނީ ޚާއްސަ ފަންޑު ފޮށިތައް ބަހައްޓާފައެވެ. މީގެ އިތުރުން މީޑިއާތަކުންވެސް ދަނީ މި ޓެލެތޯނަށް ޚާއްސަ ކަވަރޭޖެއް ދެމުންނެވެ.

ފަންޑު ފޮށިތަކުގެ އިތުރުން، ޓްރާންސްފާ ނުވަތަ ބޭންކް ޗެކް މެދުވެރިކޮށްވެސް ފައިސާ ޖަމާކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ދިވެހި ރުފިޔާ ޖަމާކުރުމަށް ހަމަޖައްސާފައިވާ އެކައުންޓް ނަންބަރަކީ 7730000796107 އެވެ. އަދި ޑޮލަރު ޖަމާކުރާނީ 7730000796106 އެކައުންޓަށެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ސްރީ ލަންކާއަށް އެހީވުމަށް ދިވެހި ސަރުކާރުންވެސް ވަނީ ބޮޑު އެހީއެއް ފޯރުކޮށްދިނުމަށް ނިންމާފައެވެ. ސަރުކާރުން ވަނީ 50،000 ޑޮލަރާއި، 25،000 ކޭސް މަސްދަޅު ލަންކާއަށް ހަދިޔާކުރަން ނިންމާފައެވެ. މިއީ ދެޤައުމުގެ ގާތް ގުޅުން ދައްކުވައިދޭ ކަމެކެވެ.

ލަންކާއަށް އެރި ތޫފާން ދީތުވާގެ ސަބަބުން އެ ޤައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ތޫފާނުގެ ސަބަބުން 159 މީހުން މަރުވެ، ލަންކާ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/