logo

އަލިމަސް އިންސްޓިޓިއުުޓާއި، އަލިމަސް އެކެޑަމީގެ މީޑިއާ ޕާޓްނަރަކަށް ނުކުތާ!

މިރާޝް މޫސާ

19 އޯގަސްޓު 2025 - 14:54
އަލިމަސް އިންސްޓިޓިއުުޓާއި، އަލިމަސް އެކެޑަމީގެ މީޑިއާ ޕާޓްނަރަކަށް ނުކުތާ!

އަލިމަސް އިންސްޓިޓިއުޓާއި، ނުކުތާއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން--

SHARE

އަލިމަސް އެކެޑަމީ އާއި އަލިމަސް އިންސްޓިޓިއުޓްގެ ޚަބަރުތައް ގެނެސްދިނުމަށް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި 'ނުކުތާ' އާއި އެކު މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އަލިމަސް އިންސްޓިޓިއުޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮައިކުރެއްވީ ރެކްޓަރު، އަޝްރަފް ޢަލީއެވެ. ނުކުތާގެ ފަރާތުން ސޮއިކުރީ ސީއޯއޯ މުޙައްމަދު ޔަމީންއެވެ.

މި އެއްބަސްވުމުގެ ދަށުން އަލިމަސް އިންސްޓިޓިއުޓްގެ އެކި ކޯސްތަކާއި، ވޯކްޝޮޕްތައް އަދި ޕްރޮގްރާމްތަކުގެ މައުލޫމާތު ނުކުތާގެ މަންސަތަކުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދިވެހިބަހުގެ ގަވާއިދަށް ހޭލުންތެރި ކުރުމުގެ ބައެއް ޚާއްސަ ވީޑިއޯ އުފެއްދުންތައް ގެނެސްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އަލިމަސް އިންސްޓިޓިއުޓްގެ ރެކްޓަރު އަޝްރަފް ޢަލީ ވިދާޅުވި ގޮތުގައި އެ އިންސްޓިޓިއުޓުގެ އެންމެ ބޮޑު މަގުސަދަކީ އެކި ދާއިރާތަކުން މީހުން ބިނާކުރުން ކަމަށާއި، ވަކިން ޚާއްސަކޮށް، ގައުމުދެކެ ލޯބިވާ މުވާތިނުން އުފެއްދުން ކަމަށެވެ.

"އެގޮތުން އަޅުގަނޑުމެން ހިންގާ ކޮންމެ ޕްރޮގުރާމެއްގެ ކޯ މޮޑިއުލް ތަކެއްގެ ގޮތުގައި ގައުމިއްޔަތާއި، ރާއްޖޭގެ ގާނޫނުތަކާއި، ހިއުމަން ރައިޓްސް އަދި ދިވެހިބަސް ހިމެނޭނެ" އަޝްރަފް ވިދާޅުވިއެވެ.

https://pnc.mv/local-council-inthihaab-2026

އޭނާ ވިދާޅުވީ ދިވެހި ޒުވާނުންނަށް މިހާރު ދިމާވެފައިވާ މައްސަލަތަކުގެ އަސްލު ދިރާސާކުރާއިރު، އެ މީހުންގެ މަތީ ތައުލީމުގައި އިސްލާމީ އުސޫލުތަކާއި، ރާއްޖޭގެ ގާނޫނު އަސާސީއާ ގުޅޭ ތައުލީމުން މަހުރޫމްވެފައިިވާ ކަން ފާހަގަކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ އެކަން ބަދަލުކުރުން" އަޝްރަފް ވިދާޅުވިއެވެ.

އޭނާ އަލިމަސް އެކަޑަމީ އަކީ ސްކޫލް ދަރިވަރުންގެ ނަތީޖާ އެކި މާއްދާތަކުން އަލިވުމަށް އޮތް މަގެކެވެ. ހާއްސަކޮށް "ދިވެހިބަހުގެ ބަގީޗާ" ފަދަ ބަހުގެ ހުނަރުތައް ތަރައްގީކުރުމުގެ ޕްރޮގްރާމްތައް އެ އެކެޑަމީން ބާއްވައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/