

ނުކުތާގެ ފަރާތުން ސިލޯނަށް އެހީވާން 10,000 ރުފިޔާ ހަދިޔާކުރުން -- ފޮޓޯ: ޕީއެސްއެމް
SHARE
އަވަށްޓެރި ސްރީލަންކާއަށް އެހީވުމުގެ ގޮތުން ދައުލަތުގެ މިޑިއާ ޕީއެސްއެމްއިން ބޭއްވި ޓެލެތޯންގައި ނުކުތާގެ ފަރާތުން 10,000 ރުފިޔާގެ ފައިސާގެ އެހީއެއް ދީފިއެވެ.

ފައިސާގެ އެހީ ހަވާލުކުރުމަށް ފަހު ނުކުތާގެ ސީއީއޯ ޢާލިމް އަބްދުއްލަތީފް ވިދާޅުވީ ނުކުތާއަކީ ޒުވާނުން ޝާމިލުވެގެން އުފެއްދި މީޑިއާއެއްކަމަށްވާއިރު ނުކުތާއިން ސިލޯނަށް މި ހަދިޔާކުރި ފައިސާއަކީ ރާއްޖޭގެ ހުރިހާ ޒުވާނުންގެ ފަރާތުން ހަދިޔާކުރި ފައިސާއެއް ކަމަށެެވެ. އަދި ސިލޯނުގެ ޒުވާނުންނަށް ހާއްސަކޮށް އުންމީދެއް ދިނުމަށް ޓަކައި ހަދިޔާކުރި ފައިސާގެ އެހީއެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ހަދިޔާކުރި އަދަދަކީ ކުޑަ އަދަދަަކަށް ވެދާނެ. އެހެން ނަމަވެސް, ކިތަންމެ ކުޑަ އަދަދަކީ ވެސް މިއަދު ލަންކާގެ އާއިލާއެއްގެ ހާލަތު ބަދަލުކޮށްލެވިދާނެ އަދަދެއް," ޢާލިމް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މީޑިއާއަކީ މުޅިން ވެސް 25 އަހަރުން ދަށުގެ ޒުވާނުން މަސައްކަތްކުރާ މީޑިއާއަކަށް ވާއިރު, އަޅުގަނޑުމެން ލަންކާގެ ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖަކީ އަޅުގަނޑުމެން މި ތިބީ ލަންކާގެ ޒުވާނުންނާއެކުގައޭ,"
ރާއްޖޭގެ 38 މީޑިއާއަކުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ޓެލެތޯނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެ ގޮތުން, ޖުމުލަ 11 މިލިއަނަަށްވުރެ ގިނަ ރުފިޔާ ވަނީ ސިލޯނަށް ޓަކައި އެއްކުރެވިފައެވެ.



