ރައީސް ޝީ ޖިންޕިންގް ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަންދެއްވައިފި

މަރްޔަމް މާޙީ

ފޮޓޯ: ރައީސް އޮފީސް
SHARE
ޗައިނާގެ ރައީސް ޝީ ޖިންޕިންގް ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒަށް ދެއްވައިފިއެވެ.

އެކަމުގެ ޔަގީންކަން ދެއްވީ މިއަދު ހެނދުނު ޗައިނާގެ ޓިއާންޖިންގައި ހުންނަ ޓިއާންޖިން ޔިންގްބިން ހޮޓެލްގައި ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ޗައިނާގެ ރައީސް ވަނީ، އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި، ދެ ޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
އަދި މީގެ އިތުރުން ކޮމްޕްރިހޭންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕަރޓްނަރޝިޕްގެ ދަށުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
މިހާރު ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންފިންގްގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
.png&w=3840&q=75)
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!



.jpg&w=3840&q=75)

