logo

ސަރުކާރުގެ އައިނު ފިހާރައިން 2000 އައިނު ދޮޅުމަސްތެރޭ ހިލޭ ހައްދައިދީފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

10 ސެޕްޓެމްބަރު 2025 - 08:25
ސަރުކާރުގެ އައިނު ފިހާރައިން 2000 އައިނު ދޮޅުމަސްތެރޭ ހިލޭ ހައްދައިދީފި

ފޮޓޯ އެޑިޝަން

SHARE

ސަރުކާރު އައިނު ފިހާރައިން 2000 އައިނު ދޮޅުމަސްތެރޭ ހިލޭ ހައްދައިދީފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވާފައިވާ އައިނު ފިހާރަ އިން މިހާތަނަށް 3200އަސްވުރެ ގިނަ މީހުންނަށް ހިދުމަތް ފޯރުކޮށްދީފައިވެއެވެ. އަދި އޭގެ ތެރެއިން 2000 އައިނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވަނީ ހައްދައިދީފައެވެ.

މި ހިދުމަތަށް އޮތް ޑިމާންޑު ބޮޑުވުމާއެކު އައިޖީއެމްއެޗަށް އިތުރު މެޝިނެއް ވެސް ގެނެސްފައިވާ ކަން އެ ގްރޫފުގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. މިއާއެކު މިހާރަށްވުރެ އަވަހަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އަގުހެޔޮކޮށް ފަސޤހަކަމާއެކު އައިނު ހެއްދޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ޓަކައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވެސް އައިނު ފިހާރަ އެއް ހުޅުވުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d