logo

ހުކުރު ދުވަހު ހަވީރު ހަކުރު ބައްޔަށް ޓެސްޓުކުރުމުގެ ޕްރޮގްރާމެއް

ފާތިމަތު މިޝްކާ

9 ޖުލައި 2026 - 07:27
ހުކުރު ދުވަހު ހަވީރު ހަކުރު ބައްޔަށް ޓެސްޓުކުރުމުގެ ޕްރޮގްރާމެއް

SHARE

ހަކުރު ބައްޔަށް ޓެސްޓު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް އައިޖީއެމްއެޗްއިން ނިންމައިފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އައިޖީއެމްއެޗްއިން މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ 10 ޖުލައި، ހުކުރު ދުވަހު އެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައި ހަވީރު 4:00 އިން 6:00 އަށެވެ.

ނޭޝަނަލް ޑައިބެޓިސް ސެންޓަރާ ގުޅިގެން ކުރިއަށްދާ މި އިވެންޓުގެ ތެރެއިން ހިލޭ ހަކުރު ބައްޔަށް ޓެސްޓު ކުރެވޭނެ އެވެ.

މީގެ އިތުރުން އިސްކޮޅާއި ބަރުދަން ބެލުން އަދި ބަރުދަން ހުރީ އިސްކޮޅާއި އަޅާ ބަލާއިރު ރަނގަޅު މިންވަރެއްގައިތޯ ބެލުމާއި ލޭގެ ޕްރެޝަރު ވެސް ޗެކް ކުރެވޭނެ އެވެ. އަދި ރަނގަޅު ކާނާއާއި ބެހޭ މައުލޫމާތުގެ އިތުރުން ޑޮކްޓަރުންގެ ލަފައާއި އިރުޝާދު މި ޕްރޮގްރާމް ތެރެއިން ލިބިގެންދާނެ އެވެ.

މި ހަރަކާތްތައް ކުރިއަށޤދާ ވަގުތު އެ ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންދިޔުމަށް ވެސް ހަމަޖައްސާފައިވެ އެވެ.

އައިޖީއެމްއެޗްއިން ކުރި ޕޯސްޓުގައި ހަކުރު ބަލި ޖެހުމަށް މަގުފަހިވާނެކަމަށް ބެލެވޭ މީހުން ނުވަތަ ހައި ރިސްކް މީހުން ހަކުރު ބައްޔަށް ޓެސްޓު ކުރުން މުހިންމެވެ. އަދި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމުގެ އިތުރުން ސިއްހަތަށް ފައިދާކުރާނެ ގޮތަށް އަމަލުތައް ބެހެއްޓުން މުހިންމުކަން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d