logo

އައިޖީއެމްއެޗާއި ދަރުމަވަންތައަށް 16 ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ގުޅިއްޖެ

ސައިފުﷲ އަލީ

24 ޖުލައި 2026 - 10:11
 އައިޖީއެމްއެޗާއި ދަރުމަވަންތައަށް 16 ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ގުޅިއްޖެ

ސަރުކާރުގެ މައި ހޮސްޕިޓަލް ކަމުގައި ކަނޑައަޅާފައިވާ ދަރުމަވަންތަ ހޮސްޕިޓަލް --- ނުކުތާ ފޮޓޯ

SHARE

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްއާ، މި އަހަރުގެ މިހާތަނަށް ޚާއްޞަ ތަމްރީނުތައް ފުރިހަމަކުރެއްވި 16 ދިވެހި ޑޮކްޓަރަކު ގުޅިވަޑައިގެންފިއެވެ. މީގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތަޢާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވައެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމްސީޖީއެޗްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވި ގޮތުގައި، އަލަށް ގުޅިވަޑައިގަތް ޑޮކްޓަރުންގެ ތެރޭގައި ރާއްޖޭގައި މުޅިން އަލަށް ޚިދުމަތް ދޭން ފަށާ ދާއިރާތައް ކަމަށްވާ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީގެ ސަބް-ސްޕެޝަލިސްޓުން ހިމެނެއެވެ. މި ދާއިރާތަކުން ގުޅިވަޑައިގަތީ ޑރ. މައީޝާ ޞާލިޙް، ޑރ. މަރްޔަމް ރަފާ، ޑރ. މުޙައްމަދު ފައިޞަލް އަދި ޑރ. ޒީނާ މުޙައްމަދު ފުއާދުއެވެ.

މީގެ އިތުރުންވެސް ގިނަ ދާއިރާތަކަކުން ޑޮކްޓަރުން ވަނީ ޚިދުމަތާ ގުޅިވަޑައިގެންފައެވެ. އޭގެ ތެރޭގައި ކަށީގެ ބަލިތައް، އެތެރެހަށި، ނިއުރޮލޮޖީ، ރޭޑިއޮލޮޖީ، އީއެންޓީ، ގެސްޓްރޯއެންޓްރޮލޮޖީ، ޕްލާސްޓިކް ސާޖަރީ، ވެސްކިއުލަރ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުގެ ސްޕެޝަލިސްޓުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް ޞިއްޙީ ދާއިރާ ހަރުދަނާކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މިއަހަރުގެ ތެރޭގައި އާ ޚިދުމަތްތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކާޑިއޯތޮރެސިކް އެންޑް ވެސްކިއުލަރ ސާޖަރީއާއި، އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ތަޢާރަފުކުރުމާއި، ހިތުގެ ފަރުވާއާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. މިއީ ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ލިބެންނެތް ގިނަ ޚިދުމަތްތަކެއް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދުރުވިސްނުންފުޅަށާއި ދެއްވާ އިސްކަމަށް ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ޝުކުރުއަދާކުރެއްވިއެވެ. އަދި އެމްސީޖީއެޗްގައި މަސައްކަތްކުރައްވާ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މުވައްޒަފުންނަށް ޝުކުރުއަދާކުރައްވައި، ހޮސްޕިޓަލްތަކަށް ޚިދުމަތް ހޯދަން އަންނަ ރައްޔިތުންނަށް އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެއްވުމަށް އިތުރަށް މަސައްކަތް ކޮށްދެއްވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d