މުދައްރިސުން ނެތް މުޖްތަމައެއްގެ ކުރިމަގެއް ނޯންނާނެ: ސާޖިދާ

މަރްޔަމް މާޙީ

SHARE
މުދައްރިސުން ނެތް މުޖްތަމައެއްގެ ކުރިމަގެއް ނޯންނާނެ ކަމަށް ރައީސްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓުލޭޑީ, މެޑަމް ސާޖިދާ މިހެން ވިދާޅުވީ ޓީޗަރުންގެެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މެޑަމް ވިދާޅުވީ މުދައްރިސުން ނެތް މުޖްތަމައެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އަަދި އުންމީދެއް ވެސް ނޯންނާނެ ކަމަށެވެ. އަދިއެއްޖީލުން އަނެއްޖީލަށް އިލްމު ފޯރުކޮށްދީ, ފަންނުތައް ވާރުތަކޮށްދެނީ ވެސް މުދައްރިސުން ކަން ފާހަގަކޮށް މެޑަމް ވިދާޅުވީ ކޮންމެ މުދައްރިސަކީ ވެސް ދަރިވަރުންނަށްޓަކައި މަންމައެއް، ބަައްޕައެއް، ނުވަތަ ބެލެނިވެރިއެއް ކަމަށެވެ.
"ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ޚިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދި ހެޔޮ ދުޢާކުރަމުން، ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން," މެޑަމް ވިދާޅުވިއެވެ.
ގުޅުންހުރި

އަލަށް އުފަންވާ ކުދިންނަށް ފަރުވާކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރިނަމަވެސް އެކަމަށް އެންމެ މުހިންމީ ހުނަރުވެރި އަތްތަކެއް: ފަސްޓް ލޭޑީ
އިންކްލޫސިވް އެޑިޔުކޭޝަނަށް އަހުލުވެރިވާން ޖެހޭނީ ހަމައެކަނި ސެން ޓީޗަރުންނެއް ނޫން: ވަޒީރު

