logo

ހިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް 4 އަހަަރަށް ޖަލަށް ލާން ހުކުމް ކޮށްފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

8 އޮކްޓޯބަރު 2025 - 09:49
ހިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް 4 އަހަަރަށް ޖަލަށް ލާން ހުކުމް ކޮށްފި

SHARE

ހިޔާނާތުގެ ކުށް ސާބިތުވެ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޕީޖީ އޮފީހުން ބުނީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ސާބިތުވެ، ބައްސާމް އަދީލް ޖަލީލް 4 އަހަރަށް ޖަލަށްލުމަށް ދެންމެ ޙުކުމްކޮށްފިއިވާ ކަމަށެވެ.

އަދި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއާ ގުޅިގެން ޙުކުމްކުރުން ފަހުގެ ތާރީޚެއްގައި ކުރިއަށްދާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ޕީޖީ އިން ނެރުނު ސްޓޭންޓްމެންޓްގައި ވިދާޅުވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ދެ ދަޢުވާއެއް، އެޖަމްޢިއްޔާގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހުށަހަޅައިފައިވާ ކަމަށެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d