ޕްރިންސިފަލުންގެ މަހާސިންތާ 200އަށްވުރެ ގިނަ ބައިވެރިންނާއެކު ފަށައިފި

މަރްޔަމް މާޙީ

SHARE
ޕްރިންސިފަލުންގެ މަހާސިންތާ 200އަށްވުރެ ގިނަ ބައިވެރިންނާއެކު ފަށައިފި އެވެ.

މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި، ޕްރިންސިޕަލުންގެ މަހާސިންތާ އިފްތިތާހޮކޮށްދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްަރުގެ އިތުރުން, މިނިސްޓަރުންނާއި, ދައުލަތުގެ އިސްވެރިން އަަދި އެޑިއުކޭޝަން ދާއިރާގެ އެކިއެކި ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕަލުން ބައިވެރިވެއެވެ.
މި ރަސްމިއްޔާތުގައި ރައީސް އަށް ހަނދާނީ ފިލައެއް އަރުވާފައިވާއިރު, މި ފިލާ އެމަނިކުފާނާ ހަވާލުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ އިސްމާއީލް ޝަފީއު އެވެ.
މިއަދު ފެށި ޕްރިންސިޕަލުންގެ ކޮންފަރެންސްގެ ބޭނުމަކީ، ޤައުމުދެކެ ލޯބިވާ، ވިސްނާ ފިކުރުކުރާ ދަރިވަރުންތަކެއް ބިނާކޮށް ދިރިއުޅުމަށް ތައްޔާރުކުރުމަށްޓަކައި ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންނާއިއެކު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވުނު އެކިއެކި ދާއިރާތަކުގެ ސިޔާސަތު، ޕްރިންސިޕަލުންނާއި އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ ޚިޔާލާއި މަޝްވަރާއާއި އެކު އިތުރަށް ތަރައްޤީކުރުމެވެ.
.png&w=3840&q=75)
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!





