logo

2027 ވަނަ އަހަރުން ފެށިގެން ޔުނީފޯމުތައް ބަދަލުވާ ގޮތުގެ ނަމޫނާ ސްކޫލްތަކަށް ފޮނުވައިފި

ޒެނީޝާ ފަތުހީ

ޒެނީޝާ ފަތުހީ

3 ޑިސެމްބަރު 2025 - 11:50
2027 ވަނަ އަހަރުން ފެށިގެން ޔުނީފޯމުތައް ބަދަލުވާ ގޮތުގެ ނަމޫނާ ސްކޫލްތަކަށް ފޮނުވައިފި

ދިރާސީ އައު އަހަރަށް ޔުނިފޯމަށް ގެންނަން ނިންމާފައިވާ ބަދަލުގެ ނަމޫނާ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

SHARE

ދެހާސްހަތާވީސް ވަނަ އަހަރުން ފެށިގެން ސަރުކާރު ސްކޫލްތަކަުގެ ޔުނީފޯމުތައް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާ އެ ޔުނީފޯމުތަކުގެ ނަމޫނާތައް ސްކޫލްތަކަށް ފޮނުވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ސްކޫލްތަކަށް މިނިސްޓްރީއިން ފޮނުވި ސާކިއުލާގައިވާ ގޮތުގައި ޔުނީފޯމުތަށް އެއްގޮތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި އެއްގޮތް ކުރުމަށް ނިންމައިފައިވަނީ ހަތަރު ކުލައަކަށެވެ. އެއީ ގައުމީ ދިދައިގެ ތިން ކުލަ ކަމަށްވާ ހުދާއި ރަތާއި ފެެހީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ކުލަކަމަށްވާ ނޫ ކުލައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފައިވާ ގޮތުގައި ރަސްމީ ޔުނީފޯމަށާއި އެކްޓިވިޓީ ޔުނީފޯމަށް ވެސް ބަދަލު ގެނެވޭނެއެވެ. އެގޮތުން ރަސްމީީ ޔުނީފޯމަށް ގެންނަށް ނިންމި ބަދަލުތަކުގެ ތެރޭގައި ގަމީސް ހުންނަން ވާނީ ހުދު, ޓީލް ގްރީން ,މަޑު ރަތް ނުވަތަ ސްކައި ބްލޫ ކުލައިގައެވެ. އަދި ފަޓުލޫނު/ސްކާޓް/ސޯޓު ހުންނަން ޖެހޭނީ ކަޅު ނުވަތަ ނޭވީ ބްލޫ ކަލައިން ކަމަށް ވެސް އެ ސާކިއުލާގައިވެއެވެ.

undefined

އެ އުސޫލުގައިވާ ގޮތުން ބުރުގާ އަޅާ ދަރިވަރުންނަށް ޔުނީފޯމު ކުލައަށްވުރެ ގަދަ ކުލައެއްގެ ބުރުގާ އެޅޭނެއެވެ. އެ ކުލަތަކުގެ ތެރޭގައި ރޯޔަލް ގްރީން ގަދަ ރަތް އަދި ނޭވީ ބްލޫ ހިމެނެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ސްކޫލް އެކްޓިވިޓީ ޔުނީފޯމު ހުންނަން ވާނީ ސްކޫލް ބޭނުންކުރާ ކުލައަކުންނެވެ.

undefined

އެކްޓިވިޓީއާައެކު ލާ ސްކާޓް ނުވަތަ ފަޓުލޫނު ހުންނަން ޖެހޭނީ ކަޅު ކުލައިގައެވެ.

undefined

/

ކޮންމެ ކީސްޓޭޖަކަށް ވެސް އަދި ކޮންމެ ޖިންސަކަށް ވެސް ޔުނީފޯމު ހުންނަންވާ ގޮތުގެ ތަފްސީލު މި އުސޫލުގައި ވަރަށް ރަނގަޅަށް ވަނީ ބަޔާންކޮށްފައެވެ.

undefined

ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމީ، އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ. އަދި މި އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގުހެޔޮވެ،މިކަމުގައި މޮނޮޕޮލައިޒްކުރުން އެއްކޮށް ހުއްޓުވޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/