އަންނަ އަހަރު އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް ބޮޑު ކެމްޕޭނެއް ކުރިއަށްގެންދާނަން: މިނިސްޓަރު

މަރްޔަމް މާޙީ
SHARE
އަންނަ އަހަރު, އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް ބޮޑު ކެމްޕޭނެއް ކުރިއަށްގެން ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝާން މިނިސްްޓަރު ޑރ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން އިއުލާނު ކުރެއްވީ މިއަދު ހެނދުނު ކްރޮސްރޯޑްސްގައި ފެށި ޕްރިންސިޕަލުންގެ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ ތައުލީމީ ފެންވަރު މަތިކޮށް, ޓީޗަރުންގެ ކުރިއެރުމަށް ޓަކައި, ތަފާތު އެކި ތަމްރީނުތައް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި މުދައްރިސުންގެ ހުނަރުތައް ތަރައްގީކުރުމުގެ ގޮތުން އަންނަ އަހަރު އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް ބޮޑު ކެމްޕޭނެއް ފަށްޓަވާނެކަން މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.
"މިއަންނަ އަހަރުގައި އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމައްޓަކައި ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދާނަން. ރޯދަމަހުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެކަށީގެންވާ މުއްދަތު ހިމަނާފައިވާނީ. އަޅުގަނޑުމެން ގަސްތުކުރަނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި ފަންނީ ޤާބިލުކަން މަތިކުރުމަށްޓަކައި ދޭންޖެހޭ ޓްރޭނިންތައް މިމުއްދަތުތެރޭގައި ދެވޭނެކަމަށް" ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
.png&w=3840&q=75)
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!





