ވައިބާރުވެ ކަނޑުތައް ގަދަވާނެ، ދަތުރުކުރުމުގައި ސަމާލުވާތި: މެޓް އޮފީސް

މަރްޔަމް މާޙީ
12 އޮކްޓޯބަރު 2025 - 09:53
SHARE
ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ދަތުރުކުރުމުގައި ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

"ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ, ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭ ހިމެނޭ ސަރަހައްދަށް, ވައިބާރުވުމާއެކު ކަނޑުތައް ގަދަވެ, ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ, އެންމެން އަދި ހާއްސަކޮށް ދަތުރުވެރިން , މޫސުމާ ބެހޭ އެންމެ ފަހުގެ މައުލުމާތު އަދާހަމަ ކުރުމާއެކު މޫސުމަށް ސަމާލުވުމަށް ދަންނަވަން," މެޓު އޮފީހުގެ އިއުލާނުގައި ވެއެވެ.
ލަފާ ކުރާ މޫސުން:
- ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ
- އާންމުކޮށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ
- ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ
- ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވޭ
މީގެ އިތުރުން މެތު އޮފީހުން ބުނީ މި މަހުގެ 17ވަނަ ދުވަހާ ހަަމައަށް ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށެވެ.
.jpg&w=3840&q=75)

