logo

މިއަދުވެސް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި އުދައަރާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

ސައިފުﷲ އަލީ

27 ޖުލައި 2026 - 05:45
މިއަދުވެސް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި އުދައަރާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

SHARE

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމާއެކު ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެކަމަށް ލަފާކުރެވޭތީ، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު ހަވީރު 6:00 އާ ހަމައަށް އެ އިދާރާއިން ނެރެފައިވާ މޫސުމީ އެޑްވައިޒަރީގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑު ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ރާޅުގެ އުސްމިން ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައި ހުންނާނެކަމަށާއި، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. މޫސުން ގޯސްވެ އުދަ އަރާނެކަމަށް ލަފާކޮށްފައިވާއިރު، އިއްޔެ ވަނީ މާލޭގެ ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް އުދަ އަރައި ފެންބޮޑުވެފައެވެ. މީގެ ތެރޭގައި އަލަށް ތާރު އަޅައި ނިންމި ބޮޑުތަކުރުފާނު މަގުގެ ސަރަހައްދު ހިމެނޭއިރު، އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.

މިހާރު ކުރިއަށްދާ ސްކޫލު ބަންދު މި ހަފުތާގެ ނިޔަލަށް ނިމޭއިރު، ޗުއްޓީ ނިންމާފައި އެކި ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d