
SHARE
އިންސާނިއްޔަތާ ހިލާފު އަމަލުތަކެއް ހިންގާފައިވާކަން ސާބިތުވެ، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު، ޝައިހު ހަސީނާ މަރަން ހުކުމް ކޮށްފި އެވެ.

ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރިބިއުނަލުން މިއަދު މިގޮތަށް ހުކުމް ކުރީ ހަސީނާގެ ޣައިރު ހާޒިރުގައެވެ. ހަސީނާގެ ވެރިކަން މިދިޔަ އަހަރު ވެއްޓުމާއެކެ ފިލައިގެން ދިރިއުޅެމުންދަނީ އިންޑިއާގައެވެ.
ބަންގްލަދޭޝްގެ އެ ކޯޓުން ކުރި ހުކުމުގައި ބުނީ މިދިޔަ އަހަރު އެ ގައުމުގައި ހިނގި ހަމަޖެހުންތަކުގައި އެތައް ހާސް މީހުން މަރުވުމުގެ ޒިންމާ ހަސީނާ ނަންގަވަން ޖެހޭ ކަމަށާއި, އެ ހަރަކާތްތަކުގެ މާސްޓާ މައިންޑަކީ ހަސީނާ ކަމަށެވެ.
ހަސީނާ މަރަން ކޯޓުން ހުކުމް ކުރުމާއެކު ބަންގްލަދޭޝްގެ އާންމުން ވަނީ އެކަމާ އުފާފާޅުކޮށްފައެވެ.





