logo

ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭ ގޮތަށް ބަންގަލަދޭޝްގެ ނިންމުން ބަދަލުކޮށްފި

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

14 ޖެނުއަރީ 2026 - 10:21
ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭ ގޮތަށް ބަންގަލަދޭޝްގެ ނިންމުން ބަދަލުކޮށްފި

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް --ފޮޓޯ

SHARE

ވަކި ދުވަސްވަރެއް ވަންދެން ދިވެހިންނަށް އޮން އެރައިވަލް ވިސާ ނުލިބޭ ގޮތަށް ބަންގްލަދޭޝްއިން އިއްޔެ ނިންމި ނިންމުން މިއަދު ބަދަލުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ބަންގްލަދޭޝްގައި އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުއޮންނާތީ އެ ގައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮންނަ އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލަން އެގައުމުގެ ސަރުކާރުން ނިންމީ އިއްޔެއެވެ.

އެހެން ނަމަވެސް އެނިންމުން އަނބުރާ ގެންދަން ބަންގްލަދޭޝްގެ ސަރުކާރުން މިއަދު ވަނީ ނިންމަވާފައެވެ. އެގޮތުން ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް އޮން-އެރައިވަލް ވިސާ ލިބޭނެކަމަށް އެގައުމުން މިއަދު ވަނީ ބުނެފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/