"ސަސްޓެއިނެބިލިޓީ ވީކް" ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޚަލީލް އަބޫދާބީއަށް
.jpg&w=3840&q=75)
ހާއިމް އަހްމަދު ހާޝިމް

ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް -- ފޮޓޯ: ރަސް އޮންލައިން
SHARE
"އަބޫދާބީ ސަސްޓެއިނެބިލިޓީ ވީކް" ގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، މިއަދު އެ ގައުމަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދާއި މާދަމާ އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަބޫދާބީ ސަސްޓެއިނެބިލިޓީ ވީކްއަކީ ބައިނަލްއަގުވާމީ ލީޑާރުންނާއި، ވިޔާފާރި ލީޑަރުންނާއި، ތަޖުރިބާކާރުންނާއި، އެކި ގައުމު ތަކުގެ މިނިސްޓަރުން ބައިވެރިވާނެ އިވެންޓެއް ކަމަށެވެ.
އަދި އެ އިވެންޓުގައި ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކާއި، ސާފު ހަކަަތައާއި، އައު ހޯދުންތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެގޮތުން އެ އިވެންޓުގައި ރާއްޖެއިން އިޔާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލު ތަކާއި އަދި ބައިންއަގުވާމީ އެއްބާރުލުންތަކާ ގުޅޭގޮތުން ހިޔާލު ހިއްސާކުރާނެއެވެ.
މީގެ އިތުރުން، ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއިން އެ އިވެންޓުގައި ބައިވެރިވުމުން، ސަރުކާރުން ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މަސައްކަތްކުރުމުގެ އިތުރުން އެހެން ގައުމުތަކާ ގުޅިގެން މި ފަދަ ކަންކަން ކުރުމަށް މަސައްކަތް ކުރާކަން ދައްކުވައިދޭ ކަމަށެެވެ.



-1768067878222.webp&w=3840&q=75)

