logo

ސޯމާލީލޭންޑްއަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތް އިޒްރޭލުގެ ނިންމުން ޤާނޫނާ ޚިލާފު: ޚަލީލް

ޒެނީޝާ ފަތުހީ

ޒެނީޝާ ފަތުހީ

11 ޖެނުއަރީ 2026 - 07:10
ސޯމާލީލޭންޑްއަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތް އިޒްރޭލުގެ ނިންމުން ޤާނޫނާ ޚިލާފު: ޚަލީލް

އޯ.އައި.ސީ. ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓާ ޑރ. ޚަލީލް ބައިވެރިވެވަދާއިގަންނަވަނީ-- ފޮޓޯ: ރައީސް އޮފިސް

SHARE

ސޯމާލީލޭންޑް ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިޒްރޭލުން ނިންމި ނިންމުން ބަލައެއް ނުގަންނަ ކަމަަށް ފޮރިން މިނިސްޓާ ޑރ. އަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހަލީލް މިހެން ވިދާޅުވީ ސައުދީގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ފޮރިން މިނިސްޓާރުންނަށް ހާއްސަ 22 ވަނަ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމަކީ ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި އިޒްރޭލުން ބަލައިގަތުމުން އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުކެވެ.

ޚަލީލްގެ ތަގުރީރުގައި ވިދާޅުވީ މި ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަންލިބޭ، ބައިނަލްއަގްވާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އަދި އިޒްރޭލުގެ މިފަދަ ނިންމުންތަކާމެދު ދިވެހި ސަރުކާރުން ކަންބޮޑުވާކަން ފާހަގަކުރައްވައި، މިއީ އ.ދ. ގެ ޗާޓަރާވެސް ފުށުއަރާ ކަމެއްކަމަށް ވިދާޅުވިއެވެ.

ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަގްވާމީ ގާނޫނަށް އެ ގައުމުން އިހްތިރާމް ނުކުރާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް މިނިސްޓާ ވިދާޅުވިއެވެ.

ހަމައެހެންމެ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ގޮވާލަމުންދާ ވަގުތެއްގައި، އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނާ ހިލާފުވަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ.

/

މީގެ އިތުރުން ޚަލީލް ވިދާޅުވީ ބައިނަލްއަގްވާމީ ގާނޫނީ ނިޒާމު ބަލިކަށިވުމަކީ، ރާއްޖެ ފަދަ ބައިނަލްއަގްވާމީ އުސޫލުތަކަށް ބަރޯސާވާ ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

އޯއައިސީއަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ މުސްލިމް އުއްމަތަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގައި މަސައްކަތްކުރަމުން އަންނަ ޖަމުއިއްޔާއެކެވެ. ހާއްސަކޮށް ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުއިއްޔާއެކެވެ. 1976 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ ވެސް އަންނަނީ މި ޖަމުއިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/