logo

ކުޑަ ކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ދީ, ބިރުދެއްކި މައްސަލަ އެއް ފުލުހުން ބަލަނީ

މަރްޔަމް މާޙީ

މަރްޔަމް މާޙީ

23 ނޮވެމްބަރު 2025 - 10:07
ކުޑަ ކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ދީ, ބިރުދެއްކި މައްސަލަ އެއް ފުލުހުން ބަލަނީ

SHARE

ކުޑަ ކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ދިން މައްސަލަ އެއް ފުލުހުން ބަލަން ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި އަތޮޅު ތެރޭގެ ރަށެއްގައި ތިބޭ ކުދިންތަކެއް, އެ ރަށުގެ ކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ދިން މައްސަލައެއް މި މަހުގެ 22ވަނަ ދުވަހުގެ 18:35ހާއިރު ފުލުހުންނަށް ހުށައަޅައިފައިވާ ކަމަށެވެ.

އަދި މި މައްސަލަ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އަނޔާ ލިބުނު ކުައްޖާގެ ބައްޕަ ސޯޝަލް މީޑިއާ ގައި ކުރި ޕޯސްޓުގައި ބުނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން އެ ރަށުގައި ތިބޭ 17 އަހަރުގެ ދެ ފިރިހެން ކުދިން އޭނާގެ 10 އަހަރުގެ ފިރިހެން ދަރިފުޅު މިސްކިތައް ދިޔަ މަގުމަތީ ގަދަކަމުން ސިނގިރޭޓު ދީ, ބިރުދައްކައިފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ގައިގައި ސިނގިރޭޓު ޖައްސައި, އެ ވާހަކަ އެއްވެސް މީހަކާ ހިއްސާކޮށްފި ނަމަ އެ ކުއްޖާގެ މައިންބަފައިން މާރާލާނެ ކަމަށް ބުން އިންޒާރުދީފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ކުއްޖާގެ ބައްޕަ ބުނީ އެ ކުއްޖާ މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ބިރު ގަނެފައިވާ ކަމަށާއި, ވާހަކަ ވެސް ނުދައްކާ ކަމަށެވެ. އަދި އެ ޕޯސްޓުގައި އޭނާގެ 10 އަހަރުގެ ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް އެދިފައިވާއިރު, މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/