logo

ހިތަދޫ ބަނދަރުން އަތުލައިގަތް 1.8 މިލިއަން ސިނގިރޭޓް ނައްތާލައިފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

8 ޑިސެމްބަރު 2025 - 07:51
ހިތަދޫ ބަނދަރުން އަތުލައިގަތް 1.8 މިލިއަން ސިނގިރޭޓް ނައްތާލައިފި

އައްޑޫން އަތުލައިގަތް ސިނގިރޭޓްތައް ނައްތާލުމަށް އިއްޔެ އައްޑޫ ޕޯޓު ސަރަހައްދުގައި ބޭއްވި ހަރަކާތުގެ ތެރެއިން. -- ފޮޓޯ:ކަސްޓަމްސް

SHARE

ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގެންފައިވާ 1.83 މިލިއަން ސިނގިރޭޓު އިއްޔެ ނައްތާލައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ތަކެތި ނައްތާލާފައިވަނީ، އެކަމަށްޓަކައި އިއްޔެ ހިތަދޫ ވިޔަފާރި ބަނދަރުގައި ބޭއްވި ހާއްސަ ހަރަކާތެއްގެ ތެރެއިންނެވެ.

މިކަމާ ގުޅިގެން ކަސްޓަމްސްއިން ރޭ ނެރުނު ބަޔާނުގައި ބުނީ، އިއްޔެ ނައްތާލި ތަކެއްޗަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިތަދޫ ކަސްޓަމްސްއިން ބަލައި ފާސްކުރުމުގެ ތެރޭގައި ހިތަދޫ ޕޯޓުން އަތުލައިގަނެފައިވާ ސިނގިރޭޓް ޝިޕްމަންޓެއް ކަމަށެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި، މި ޝިޕްމަންޓް ރާއްޖެ އެތެެރެ ކުރަން މަސައްކަތްކޮށްފައިވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދާ ހިލާފަށެވެ. ގަވާއިދާ ހިލާފަށް ތަކެތި އެތެރެކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މި ޝިޕްމަންޓް އަތުލައިގަތްކަން ކަސްޓަމްސްއިން ހާމަކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު މެދު ތެރޭގައެވެ. އެ ތަކެތީގެ ޑިއުޓީއަށް އެކަނިވެސް 15 މިލިއަން ރުފިޔާ އަރާނެ ކަމަށް އޭރު ކަސްޓަމްސްއިން ވަނީ ލަފާކޮށްފަ އެވެ.

/

ކަސްޓަމްސްއިން ބުނެފައިވަނީ މި މައްސަލަ މިހާރުވެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/