ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

އަޙްމަދު ސަދޫފް މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު -- ފޮޓޯ: އެމްއޭސީއެލް
SHARE
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނީ، މިދިޔަ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 1.170 ކިލޯގެ މަސްތުވާތަކެތި އެ އިދާރާއިން އަތުލައިގަނެފައިވާ ކަމަށެވެ.
އެތަކެތީގެ މަގުމަތީ އަގު 936،000 ރުފިޔާއަށް އަރާކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ. އަދި އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސްކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
އެތަކެތި ރާއްޖެއަށް އެތެރެކުރި ފަރާތްތަކުގެ ވަނަވަރު ފުލުހުން އަދި ހާމަކޮަށްފައެއް ނުވެއެވެ. އަދި އެ މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ރާއްޖެއަށް 1.2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރިއިރު، ދާދިފަހުން ވަނީ މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކުގެ ތެރެއިން ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތައް މަރަން ޙުކުމް ކުރެވޭ ގޮތަށް މަސްތުވާތަކެއްޗާއިބެހޭ ގާނޫނަށް އިސްލާހު ގެނެސްފައެވެ.

އެ އިސްލާހުގެ ދަށުން 350 ގްރާމަށްވެރެ އިތުރަށް ކެނަބިސް ރާއްޖެއަށް އެތެރެކޮށް، އެ ޙުކުމް ދަމަހައްޓަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެޗުން އިއްތިފާގުވާނަމަ މަރުގެ ޙުކުމް އިއްވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!




