logo

އަލިފުށީގައި ބިދޭސީންގެ މައްސަލަ ހައްލުކުރަން އޮޕަރޭޝަނެއް ފަށައިފި

ހާއިމް އަހްމަދު ހާޝިމް

ހާއިމް އަހްމަދު ހާޝިމް

8 ޑިސެމްބަރު 2025 - 03:02
އަލިފުށީގައި ބިދޭސީންގެ މައްސަލަ ހައްލުކުރަން އޮޕަރޭޝަނެއް ފަށައިފި

އަލިފުށި -- ފޮޓޯ: އަލިފުށި ސޯޝަލް މީޑިޔާ

SHARE

ރ. އަލިފުށި ކައުންސިލާއި ފުލުހުން ގުޅިގެން އެ ރަށުގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އަލިފުށި ކައުންސިލުގެ ރައީސް އާދަމް އިމްރާން، މި އޮޕަރޭޝާނާ ގުޅޭ ގޮތުން "ނުކުތާ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މިހާރު އެ އޮޕަރޭޝަންގެ ދަށުން އެ ރަށުގައި ރަޖިސްޓްރީ ވެފައިވާ ބިދޭސީންނާއި ރަޖިސްޓްރީ ނުވާ ބިދޭސީން އަންނަނީ ހޯދަމުންނެވެ. މީގެ އިތުރުން މި އޮޕަރޭޝަން ހިންގަން ފެށުމުގެ މައިގަނޑު ސަބަބަކީ ރަށުން ބޭރުގައި ދިރިއުޅޭ ބިދޭސީން ސިއްރުން ރަށަށް އެރުމުގެ މައްސަަލައަށް ހައްލެއް ހޯދުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ ރަށުގެ މަގުމަތިންވެސް ބިދޭސީން ބަލާފާސް ކުރުމުގެ މަސައްކަތާއި ރަށުން ލަފާ ފުރާ އުޅަނދުތައްވެސް ބަލާފާސް ކުރަމުން އަންނަ ކަމަށް ރަށުގެ ކައުންސިލް ވަނީ ފާހަގަކުރައްވާފައެވެ. މިއާއިއެކު ބިދޭސީންނަށް އެ ރަށަށް ދަތުރު ކުރެވޭނީވެސް ވަކި ހުއްދައެއް އޮވެގެންކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

ރަށުގައި ބިދޭސީން ގިނަ ވުމުގެ ސަބަބުން ކުރިމާތިވެފައިވާ މައްސަލަތައް ފާހަގަކުރައްވަމުން ކައުންސިލު ރައީސް ވިދާޅުވީ އެ މައްސަލަތަކުގެ ތެރޭގައި ރަށުގައި ދިވެހިން ކުރަންހުރި ބައެއް މަސައްކަތްތައް ބިދޭސީން އަތްދަށުލުމާއި މީގެ އިތުރުންވެސް ރަށުގައި އެތައް މައްސަލަތަކެއް ގިނަވުން ހިމެނޭކަމަށެވެ.

ބައެއް މަންޒިލް ތަކަކީ އެ މީހުނަށް އުޅެން ފަސޭހަ ތަނަކަށް ގަބޫލުކުރެވެންޏާ ތަންކޮޅެއް ގިނައިން ދަތުރުކުރާނެ، އަޅުގަނޑުމެން ބޭނުންވަނި އަސްލި މި ރަށަކީ އެ މީހުން ފިލަން އަންނަ ތަނަކަށް ނުވާން، މިހެންވެ އެކި ދިމަ ދިމާލުން އެކި ފިޔަވަޅުތައް އަޅަމުން އެބަ އަންނަން، އެހެންވީމަ އެކަހަލަ ތަނަކައް މިތަން ނުވާން އަޅުގަނޑުމެން ބޭނުންވަނީ، ބިދޭސީން ގިނަ ވީމަ ރަށު ތެރޭގަ ބައިވަރު މައްސަލަތައް އަޅުގަނޑުމެނަށް ފާހަގަކުރެވޭ، - އަލިފުށި ކައުންސިލުގެ ރައީސް އާދަމް އިމްރާން
/

މީގެ އިތުރުން އަލިފުށީގައި 200 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅޭ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މި އޮޕަރޭޝަން ފަށާފައިވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. އޮޕަރޭޝަން ނިމޭނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވާކަމަށްވެސް އެ ރަށު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

އަލިފުށީގައި ކައުންސިލުން އިސްނަގައިގެން މި ފަދަ މަސައްކަތެއް ކުރަމުން އަންނަ އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ބިިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި އަންނަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. 2024 ވަނަ އަހަރު ފެށި މި އޮޕަރޭޝަނުގައި މިހާތަނަށް 43،294 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި، ސިސްޓަމަށް ވަނީ ވައްދާފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/