logo

ފުލުހުންގެ އައު އެޕަލިކޭޝަން: އިންވެސްޓިގޭޓަރާ ސީދާ ވާހަކަ ދެއްކޭނެ އަދި ސްކޭމް ޗެކްކުރެވޭނެ

ޒެނީޝާ ފަތުހީ

ޒެނީޝާ ފަތުހީ

8 ޑިސެމްބަރު 2025 - 13:10
ފުލުހުންގެ އައު އެޕަލިކޭޝަން: އިންވެސްޓިގޭޓަރާ ސީދާ ވާހަކަ ދެއްކޭނެ އަދި ސްކޭމް ޗެކްކުރެވޭނެ

ޑރ. މުހައްމަދު ކިނާނަތު އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވަނީ-- ފޮޓޯ: ފުލުހުން

SHARE

ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަލުވި ކުރުމަށް އައު ވެބްސައިޓާއިއެކު ގިނަ ޚިދުމަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޢާރަފްކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ޚިދުމަތްތައް އިފްތިތާހުކޮށްފައިވަނީ މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި "ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކަނެކްޓް 2025" އިވެންޓުގައެވެ. މި ޚިދުމަތްތައް އިފްތިތާހުކޮށްދެއްވާފައިވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ކިނާނަތުއެވެ.

މި ޚިދުމަތްތަކުން އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާއަކީ މައްސަލައިގެ އަޕްޑޭޓްތައް ސީދާ އައިއޯ އާ ވާހަކަ ދައްކައިގެން ހޯދޭ ފީޗާއެވެ. މީގެއިތުރުން ސްކޭމް ޗެކްކުރެވޭ ސައިބާ ޕޯޓަލެއް ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

ފުލުހުން ބުނާ ގޮތުގައި މި ޚިދުމަތްތައް މެދުވެރިކޮށް ޕޮލިސް ސެޓްފިކެޓަށް އެދުމާއި މައްސަލަ ރިޕޯޓްކުރުމާއި އެވިޑެންސް ސަބްމިޓްކުރުމާއި އަވައްޓެރި ފުލުހުންނާ ގުޅޭނެ ނަންބަރުތަކާއި ޕޮލިސް ސެޓްފިކެޓް ވެރިފިކޭޝަން، ކޭސް އަޕްޑޭޓްސް، ލޮސްޓް އެންޑް ފައުންޑް ފަދަ ފީޗަރސްތައް ލިބޭނެއެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް ފުލުހުންނަށް ރިޕޯޓްކުރެވިފައިވާ ސްކޭމްއާ ގުޅޭގޮތުން ދައުރުވާ ލިންކުތަކާއި މެސެޖްތަކާއި ފޯނު ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް ސާޗްކުުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފައެވެ.

/

މިފަދަ އެޕްލިކޭޝަނެއް ހެދުމަކީ މުޖުތަމައުގައި ހިނގާ ސައިބާ ކުށްތައް ދެނެގަނެ އެކަމުން މުޖުތަމައު ރައްކާތެރިކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށް ފުލުހުން ބުންޏެވެ.

މިއިވެންޓުގައި ފުލުހުންގެ ހިދުމަތްތަކުގައި ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕޮލިސް އިންފްރާސްޓަރަކްޗާ ޕްރޮޖެކްޓްސް ސިސްޓަމް ވެސް ވަނީ ދައްކާލާފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/