logo

ވިލިމާލެ ސްޓޭޝަނުން ސިނގިރޭޓް ގެއްލުނު މައްސަލަ: ފުލުސް ސީނިއާ ސާޖަންޓެއް ހައްޔަރުކޮށްފި

ޢާލިމް އަބްދުއްލަތީފް

ޢާލިމް އަބްދުއްލަތީފް

8 ޑިސެމްބަރު 2025 - 15:45
ވިލިމާލެ ސްޓޭޝަނުން ސިނގިރޭޓް ގެއްލުނު މައްސަލަ: ފުލުސް  ސީނިއާ ސާޖަންޓެއް ހައްޔަރުކޮށްފި

SHARE

ވިލިމާލެ ފުލުސް އިސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކާޓަންތަކެއް މަދުވެފައިވާ މައްސަލައާ ގުޅިގެން ފުލުހަކު ހައްޔަރުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ފުލުސް ސީނިއާ ސާޖެންޓެއް ކަމަށެވެ. އެއީ ސީނިއާ ސާޖަންޓް މުނައްވަރު އާދަމް, 39 ކަމަށް ވެސް ވަނީ ބުނެފައެވެ. އޭނާއަކީ އދ. ދިގުރަށަށް ނިސްތަބްވާ މީހެކެވެ.

ވިލިމާލެ ސްޓޭޝަނުން ސިނގިރޭޓު ގެއްލޭ މައްްސަލަ ފެންމަތިވީ މިދިިޔަ މަސް ތެރޭގައެވެ. އެޔާއެކު ފުލުހުން ވަނީ އެ ކަމުގެ ތަފްސީލް ހާމަކޮށް ބަޔާނެއް ނެރިފައެވެ.

އޭރު ފުލުހުން ބުނީ މިދިޔަ 12 ވަނަ ދުވަހު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކާޓޫންތަކެއް ކަސްޓަމްސްއާ ހަވާލުކުރަން އުޅުނުއިރު ބައެއް ކާޓަންތައް މަދުކަން ފާހަގަ ކުރެވުނު ކަމަށެވެ. އެއީ ގާނޫނާ ހިލާފަށް އެތެރެކޮށްފައިވާ ކަމުގެ ތުހުމަތުގައި މެއި މަހުގެ 23 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން ހިފެހެއްޓި 32 ކާޓަނުގެ ތެރެއިން 6 ކާޓަންކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން, 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ހިފެހެއްޓި ކާޓަންތަކުގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ކާޓަން މަދުކަމަށް ފުލުހުން އޭރު ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ގެއްލިފައި ވަނީ 25 ކާޓަން ކަމަށެވެ.

/

ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/