ވިލިމާލޭ މިސްކިތުގެ ކުރެހުން ދައްކައިލައިފި؛ ވަރަށް ޗާލު!
.jpg&w=3840&q=75)
ޒެނީޝާ ފަތުހީ

ވިލިމާލެ މަސްޖިދުއްސަލާމް ބިމުގައިވި އަޅާ މިސްކިތުގެ ކުރުހުން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
SHARE
ވިލިމާލެ މަސްޖިދުއްސަލާމް ބިމުގައި އަޅަން ހަމަޖެހިފަައިވާ 850 މީހުންގެ ޖާގައިގެ މިސްކިތުގެ ކުރެހުން ދައްކައިލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުގައި ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ބުރީގެ މިސްކިތެކެވެ. އަދި މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން ދެ ކުލާސްރޫމާއި އޮފީސް ބައެއް ހިމެނޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި މިސްކިތް އެޅުމަށް ހަވާލުކޮށްފްއިވަނީ ފިޔަ ފައުންޑޭޝަނަށެވެ.
މިކަމުގެ އެއްބަސްވުމުގައި ފިޔަ ފައުންޑޭޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެއްވީ މިރޭ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގައެވެ.
ފިޔަ ފައުންޑޭޝަންގެ ދީލަތި އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތުގެ އެއްބަސްވުމުގައި އެ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކްސްކޯ މެމްބަރު މުޙައްމަދު ވިޝާމްއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މިއީ މާލެ ސަރަހައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތައް ބިނާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަޝްރޫއުއެކެވެ.
.png&w=3840&q=75)
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!




