logo

އޭދަފުށީގެ ރީތި މިސްކިތް އެޅުއްވި މުހައްމަދު އަލީ ނިޔާވެއްޖެ

ޒެނީޝާ ފަތުހީ

ޒެނީޝާ ފަތުހީ

30 ނޮވެމްބަރު 2025 - 13:13
އޭދަފުށީގެ ރީތި މިސްކިތް އެޅުއްވި މުހައްމަދު އަލީ ނިޔާވެއްޖެ

އޭދަފުށީ، ޑޭޒީވިލާ، މުހައްމަދު އަލީގެ ހަރަދުގައި އެ ރަށުގައި ބިނާކުރި މިސްކިތް ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަންވަރު ހުޅުއްވައި ދެއްވާއިރު މުހައްމަދު އަލީ ފުރޮޅުލީގޮނޑީގައި.— ފޮޓޯ: ނިޝާން އަލީ \ މިހާރު

SHARE

ބ. އޭދަފުށީގެ ރީތި މިސްކިތް ބިނާ ކުރެއްވި މުހައްމަދު އަލީ މިއަދު މެންދުރު ފަހު ނިޔާވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އުމުރުން 89 އަހަރުގައި މުހައްމަދު އަލީ މިދުނިޔެ ދޫކޮށްފައިވަނީ އިންޑިއާގެ ޗެންނާއީގައި ސިއްހީ ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާއަކީ އޭދަފުއްޓަށް އެކި ރޮނގުތަކުން ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ އެރަށުގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ބޭފުޅެކެވެ.

މުހައްމަދު އަލީ އެންމެ ބޭނުންވި ކަމަކީ އޭނާ ދުނިޔެ ދޫކޮށް ދިޔުމުގެ ކުރިން އަމިއްލަ ރަށުގައި މިސްކިތެއް ބިނާކުރާށެވެ. އޭނާވަނީ މި ކަން ހާސިލުކުރައްވައިފައެވެ. އޭނާ އެ ރަށުގައި ބިނާކުރެއްވި "މަސްޖިދު މުހައްމަދު އަލީ"އަކީ މިހާރު ރާއްޖޭގެ އެންމެ މަގުބޫލު އެއް މިސްކިތަށް ވަނީ ވެފައެވެ. އެ މިސްކިތުގެ ރީތިކަން ދެކިލަން ގިނަ ބަޔަކު އޭދަފުއްޓަށް ދެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/